Advertisement

ކެއުމުގެ ރަހަ މީރު ކޮށްލުމަށް ވިލާ މާޓުން އޮއްޓިމާ ޓްރަފަލް އޮއިލް

25 އޮކްޓޯބަރު 2023 - 11:34 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އޮއްޓިމާ ޓްރަފަލް އޮއިލް -- ފޮޓޯ: ވިލާ މާޓް


ކެއުމުގެ ރަހަ މީރު ކޮށްލުމަށް ވިލާ މާޓުން އޮއްޓިމާ ޓްރަފަލް އޮއިލް

25 އޮކްޓޯބަރު 2023 - 11:34 0

ވިލާ މާޓުން އިޓަލީގެ މަޝްހޫރު އޮއްޓިމާ ބްރޭންޑުގެ ތަފާތު އެކި އުފެއްދުންތައް ލިބެން ހުރެ އެވެ. ޓްރަފަލް އޮއިލް، ވިނެގާ، ސްޕެގެޓީ، މެކަރޯނީ، ޕެންނޭ، ފުސިލީ، ފެޓުޗީނީ، އަދި ރިގަޓޯނީ ފަދަ ބާވަތްތަކީ ކަސްޓަމަރުންގެ މެދުގައި މަގުބޫލު ތަކެއްޗެވެ.

ވިލާ މާޓުން ވަނީ އޮއްޓިމާ ބްރޭޑުގެ އައު އުފެއްދުންތަކެއް ވެސް ވަނީ ތައާރަފު ކޮށްފަ އެވެ. އޭގެ ތެރޭގައި ރައިސް ވިނެގާ، އެޕަލް ސައިޑާ ވިނެގާ، އެކްސްޓްރާ ވާޖިން އޮލިވް އޮއިލް، ލޭޑީ ފިންގާސް އަދި ވައިޓް ޓްރަފަލް އޮއިލް ފަދަ އާ އޮޓިމާ ޕްރޮޑަކްޓްތައް ހިމެނެ އެވެ.

އޮއްޓިމާ ޓްރަފަލް އޮއިލް

ވައިޓް ޓްރަފަލް އޮއިލް އަކީ ޒައިތޫނި ތެޔޮ ވައިޓް ޓްރަފަލްގައި ހުންނަ ރަހައާއި އެއްކޮއްލައިގެން އުފައްދާ އުފެއްދުމަކަށް ކިޔާ ނަމެކެވެ. ޓްރަފަލްއަކީ ބިމުގެ އަޑީގައި، ވަކި ގަސްތަކެއްގެ މުލުގައި ހެދޭ އަދި މަދުން ނޫނީ ނުފެންނަ އަގުބޮޑު ފަންގަސްތަކަކަށް ކިޔާ ނަމެކެވެ.

ޕާސްތާ، ރިސޯޓޯ، ސެލެޑް، އަދި ޕޮޕްކޯން ފަދަ އެކި ކެއުންތަކުގެ ރަހަ މީރުކޮށްލުމަށް ޓްރަފަލް އޮއިލް ބޭނުން ކުރެވިދާނެ އެވެ. މި ތެލަކީ ރަހަ ގަދަ އެއްޗެއް ކަމުން ކުޑަ މިންވަރަކުން ފުދޭނެ އެވެ.

ޓްރަފަލްއަކީ ފާހަގަކޮށްލެވޭ ނިއުޓްރިއެންޓް ޕްރޮފައިލެއް ލިބިފައިވާ އެއްޗަކަށް ވާއިރު، މުހިންމު ގިނަ ވިޓަމިންތަކާއި މިނަރަލްސް ވެސް ގިނަ އެއްޗެކެވެ. ކާބްސް، ޕްރޮޓީން އަދި ފައިބަރު ޓްރަފަލްގައި ގިނައިން ހުރެ އެވެ. ސެޗުރޭޓެޑް އަދި އަންސެޗުރޭޓެޑް ފެޓީ އެސިޑްގެ އިތުރުން، ވިޓަމިން ސީ، ފޮސްފަރަސް، ސޯޑިއަމް، ކެލްސިއަމް، މެގްނީޒިއަމް، މެންގަނީޒް، އަދި އަޔަން ފަދަ މައިކްރޯނިއުޓްރިއެންޓްސް ވެސް ޓްރަފަލްސްގައި އެކުލެވެ އެވެ.

ޓްރަފަލް އޮއިލް ބޭނުންކޮށްގެން އުފައްދާލެވޭ ވަރަށް މީރު ކެއުންތަކުގެ ތެރޭގައި;

  • ޓްރަފަލް ޕާމިސަން ފްރެންޗް ފްރައިސް: ފްރެންޗް ފްރައިސް ތެލުލުމަށްފަހު ކުޑަ ޓްރަފަލް އޮއިލް ކޮޅަކާ އެއްކޮއްލާށެވެ. އެއަށްފަހު ގާނާފައި ހިރި ޕާމިސަން ޗީޒް ކޮޅެއް އޭގެ މައްޗަށް އަޅާލާށެވެ.
  • ޓްރަފަލް މަޝްރޫމް ރިސޯޓޯ: މަޝްރޫމް ރިސޯޓޯއެއް ކައްކާލުމަށްފަހު ނިންމާލުމުގެ ގޮތުން ޑިޝްގެ މައްޗަށް ޓްރަފަލް އޮއިލްކޮޅެއް އަޅާލާށެވެ. މަޝްރޫމް އަދި ކްރީމްގެ ރަހައަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ.
  • ޓްރަފަލް މެކް އެންޑް ޗީޒް: މެކް އެންޑް ޗީޒްއަށް ޓްރަފަލް އޮއިލްކޮޅެއް އަޅާލުމާއެކު އޭގެ ޗީޒް ރަހަ އިތުރަށް ގަދަވެ، މީރު ރަހައެއް އުފެދޭނެ އެވެ.
  • ޓްރަފަލް މޭޝްޑް ޕޮޓޭޓޯ: މޭޝްޑް ޕޮޓޭޓޯގެ ތެރެއަށް ޓްރަފަލް އޮއިލްކޮޅެއް އަޅާލުމާއެކު އޭގެ ޗީޒް ރަހަ ފުރިހަމަވެ، ތަފާތުކަން ފާހަގަވާނެ އެވެ.
  • ޓްރަފަލް ޕާސްތާ: ޕާސްތާ ކައްކާލުމަށްފަހު ޓްރަފަލް އޮއިލް، އަލުވި، ސޯޓީޑް މަޝްރޫމް، އަދި ގްރޭޓް ކޮށްފައިވާ ޕާމިސަން ޗީޒް އާއި އެކު އެއް ކޮށްލައިގެން އަވަސް އަދި މީރު ޑިޝްއެއް ތައްޔާރުކޮށްލެވޭނެ އެވެ.

މި ތަފާތު އަދި ކައުމަށް މީރު ރަހަ ގެނުވައިދޭ މުއްސަނދި އުފެއްދުން ވިލާ މާޓުގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ.

ވިލާ މާޓުން ލިބެން ހުންނަ އުފެއްދުންތަކާއި ބެހޭ މައުލޫމާތު ވިލާ މާޓުގެ އެޕް އަދި ވެބްސައިޓުން ލިބެން ހުންނާނެ އެވެ. އަދި ފަސޭހަކަމާއިއެކު ގޭގަ ހުރެގެން ވެސް ވިޔަފާރިކޮށްލެވޭނެ އެވެ. އިތުރު މައުލޫމާތު ވިލާ މާޓަށް މެއިލް ކޮށްގެން އަދި 7979944 އަށް ގުޅާލުމުން ލިބޭނެ އެވެ.