Advertisement

ރަޝިއާގެ ފޮރިން މިނިސްޓަރު އުތުރު ކޮރެއާގައި

19 އޮކްޓޯބަރު 2023 - 17:12 0


ރަޝިއާގެ ފޮރިން މިނިސްޓަރު އުތުރު ކޮރެއާގައި

19 އޮކްޓޯބަރު 2023 - 17:12 0

ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް ރަސްމީ ދަތުރެއްގައި އުތުރު ކޮރެއާއަށް ވަޑައިގެންފި އެވެ.

މިއީ ރަޝިއާގެ ރައީސް ލެޑިމިއާ ޕުޓިން އުތުރު ކޮރެއާއަށް ވަޑައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ލެވްރޯވް ކުރައްވާ ދަތުރެކެވެ. އޭނާ ވަނީ ޔޫކްރެއިން ހަނގުރާމައިގައި އުތުރު ކޮރެއާއިން ރަޝިއާއަށް ދެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވާފަ އެވެ.

ދެ ގައުމުގެ މެދުގައި ކުރިއަށްގެންދިޔަ ރަސްމީ މަޝްވަރާތަކުގައި ލެވްރޯވް ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއަށް ރަޝިއާގެ ފުރިހަމަ ތާއީދު އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި, ރަޝިއާ އާއި އެ ގައުމުގެ އެކުވެރިންނާ ދެކޮޅަށް އެމެރިކާއިން ހަނގުރާމައެއް ފަށާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ލެވްރޯވް ވަނީ ކިމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ. އަދި, ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާއިން ވަނީ ރަޝިއާއަށް އެހީވުމުގެ ގޮތުން އުތުރު ކޮރެއާއިން އެ ގައުމަށް ބޮޑެތި އަދަދުތަކުން ހަތިޔާރު ފޮނުވަމުންދާ ކަމަށް ބުނެފަ އެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ރަޝިއާގެ ޑިފެންސް މިނިސްޓަރު ވެސް އުތުރު ކޮރެއާއަށް ވަޑައިގެންނެވި އެވެ.

ސެޓެލައިޓް ފޮޓޯތަކުން އެނގޭ ގޮތުގައި އުތުރު ކޮރެއާގެ ބަނދަރަކުން ވަނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ރަޝިއާއަށް 300 ކޮންޓެއިނަރުގެ މުދާ ގެންގޮސްފަ އެވެ. އަދި, މި މުދާތައް ބޭލުމަށް ފަހު ބެހެއްޓުމަށް ގެންދިޔައީ ޔޫކްރެއިންގެ ބޯޑަރު ކައިރީގައި ހުންނަ ރަޝިއާގެ އަސްކަރީ ގުދަނަކަށެވެ.