Advertisement

ރިޓަޔާކުރީ ހަމައެކަނި ފައިސާ އަށް ފުޓްބޯޅަ ކުޅެން ބޭނުންނުވާތީ: ހަޒާޑް

19 އޮކްޓޯބަރު 2023 - 12:50 0


ރިޓަޔާކުރީ ހަމައެކަނި ފައިސާ އަށް ފުޓްބޯޅަ ކުޅެން ބޭނުންނުވާތީ: ހަޒާޑް

19 އޮކްޓޯބަރު 2023 - 12:50 0

ބްރުސެލްސް، ބެލްޖިއަމް (އޮކްޓޫބަރު 19) - އުމުރުން 32 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމި އެންމެ ބޮޑު ސަބަބަކީ ޝައުގުވެރިކަމާ އެކު އެކަން ކުރެވެން ނެތުން ކަމަށާއި ހަމައެކަނި ބޮޑު މުސާރަ އަކަށް ފައިސާ އަށް ފުޓްބޯޅަ ކުޅުމުގެ ވިސްނުމެއް އެއްވެސް އިރަކު ނުގެންގުޅޭ ކަމަށް އެޑެން ހަޒާޑް ބުނެފި އެވެ.

އެކާވީސް ވަނަ ގަރުނުގައި ފުޓްބޯޅައިގައި ފެނުނު އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަޒާޑް، ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމިިއިރު، އޭނާ ހުރި މިދިޔަ ސީޒަނަށް ފަހު ރެއާލްގެ ކޮންޓްރެކްޓް ހަމަވުމުން އެއްވެސް ޓީމަކާ ނުގުޅި އެވެ.

ފުޓްބޯޅަ ކެރިއަރު ކުރިއަށް ގެންދަން ހަޒާޑަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ.

އެ ގޮތުން، ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު) އާއި މޭޖަ ލީގު ސޮކާ (އެމެރިކާގެ ފުޓްބޯޅަ ލީގު، އެމްއެސްއެލް) އިން ހަޒާޑަށް ބޮޑު މުސާރަ ލިބޭ ރަނގަޅު އޮފާތަކެއް އަ އެވެ. އެކަމަކު، ހަޒާޑް ބުނީ ވިސްނީ އެންމެ ފުރަތަމަ ވެސް ނިންމާފައި އޮތް ގޮތަށް އަވަހަށް ރިޓަޔާކުރުމަށް ކަމަށެެވެ.

"ފުޓްބޯޅަ ދަނޑުމަތީގައި ކުޅެގެން އެ ލިބޭ ހިތްހަމަޖެހުން ނުލިބޭ ހިސާބުން އަހަރެން ކުޅުން ހުއްޓާލާ ގޮތަށް މާ ކުރިން ވެސް އޮންނާނީ ނިންމާފައި. އެހެން ގައުމަކަށް ގޮސް، އެހެން ދިމާލެއްގައި ހަމައެކަނި ފައިސާ އަށް ބޯޅަ ކުޅޭ މީހަކަށް ވާން ބޭނުމެއް ނޫން،" ރިޓަޔާކުރުމާ ބެހޭގޮތުން އަމާޒުވާ ސުވާލުތަކަށް ޖަވާބު ދެމުން ހަޒާޑް ބުންޏެވެ.

ކުރިން ޗެލްސީ އަށް ވެސް ކުޅުނު ހަޒާޑް ރިޓަޔާކުރުމާ އެކު، އޭނާ ކުޅުން ހުއްޓާލުން އަވަސް ކަމަށް ބުނެ، އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑުން އޮފާ އެއް ދިނެވެ.

އެކަމަކު، ހަޒާޑް ހުރީ އޭނާގެ ކެރިއަރު ނިންމާލަން ނިންމި ނިންމުމުގެ މަތީގައި ސާބިތުވެ އެވެ.

"އަހަންނަށް ނިންމުނީ އެންމެ ރަނގަޅަށް. ޓްރެއިނިންތަކުގައި އަހަރެންގެ ޝައުގުވެރިކަމެއް ނުހުރޭ، އަހަރެންނަކަށް ކުޅެން ފުރުސަތެއް ނުލިބޭ. އެހެންވެ، ރިޓަޔާކުރަން ނިންމަން ވެސް ވަރަށް ފަސޭހަ،" ބެލްޖިއަމް ގައުމީ ޓީމުގެ ކެޕްޓަަންކަން ކުރި ހަޒާޑް ބުންޏެވެ.

ހަޒާޑް ބުނީ ދިރިއުޅުމުގައި ހިނގާ ހުރިހާ ކަމެއް އެންމެ ރަނގަޅަށް ހުރިހާ އެންމެނަށް އޮޅުންފިލުވައިދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފުޓްބޯޅައިން ބޭރުން ވެސް އޭނާ ދިރިއުޅުމުގައި ހާސިލްކުރެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށް ހަޒާޑް ވަނީ ބުނެފަ އެވެ.