Advertisement

ވޯލްޑް ކަޕަށް ފަހު ފުރަތަމަ ފަހަރަށް ހަމޯސޯ އެނބުރި ގައުމީ ޓީމަށް

19 އޮކްޓޯބަރު 2023 - 09:44 0


ވޯލްޑް ކަޕަށް ފަހު ފުރަތަމަ ފަހަރަށް ހަމޯސޯ އެނބުރި ގައުމީ ޓީމަށް

19 އޮކްޓޯބަރު 2023 - 09:44 0

ބާސެލޯނާ (އޮކްޓޫބަރު 19) - މިދިޔަ އޮގަސްޓު މަހު ނިމުނު ފީފާ ވިމެންސް ވޯލްޑް ކަޕަށް ފަހު ފުރަތަމަ ފަހަރަށް ފޯވާޑް ޖެނީ ހާމޯސޯ ގައުމީ ޓީމާ ގުޅިއްޖެ އެވެ.

އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑުގައި ނިމުނު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ފަހު ހާމޯސޯ ގައުމީ ޓީމާ ދުރުގައި މަޑުކުރީ، ވޯލްޑް ކަޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ހާމޯސޯ އަށް ސްޕެއިން އެފްއޭގެ ރައީސް ލުއިސް އުބިއާލެސް ބޮސްދިން މައްސަލައާ ގުޅިގެން ހަޅުތާލުކުރުމުގެ ގޮތުންނެވެ.

އިންގްލެންޑް އަތުން 1-0 އިން މޮޅުވެ، ސްޕެއިނުން ފުރަތަމަ ފަހަރަށް ވިމެންސް ވޯލްޑް ކަޕް ތަށި އުފުލާލިއިރު، އެ މެޗަށް ފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން ސްޕެއިންގެ ފުޓްބޯޅަ ރައީސް، ރުބިއާލެސް ވަރަށް ބޮޑަށް އުފާފާޅުކުރިއިރު، ކުުޅުންތެރިންނާ ގައިގޯޅިވެގެން އުޅުނު ގޮތުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި އެކަމުގެ ތެރެއިން ރުބިއާލެސް ވަނީ ހާމޯސޯ އަށް ބޮސްދީފަ އެވެ.

އެކަމާ މެދު ފަހުން ހާމޯސޯ ވެސް ހިތްހަމަނުޖެހުން ފާޅުކުރިއިރު، ގިނަ ބަޔަކު ވަނީ ރުބިއާލެސް މަގާމުގައި ދެމިހުރުމަކީ "ހުތުރު ކަމެއް"ގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކައިފަ އެވެ.

މި މައްސަލަ ހޫނުވެ ސްޕެއިންގެ ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ހަޅުތާލަށް ނުކުތްއިރު، ގައުމީ ޓީމްގެ ކޯޗު ހޯހޭ ވިލްޑާ ފިޔަވައި ހުރިހާ އޮފިޝަލުން ވެސް ވަނީ އިސްތިއުފާ ދީފަ އެވެ. އަދި ރުބިއާލެސްގެ އިސްތިއުފާއަށް ވެސް ގިނަ ބަޔަކުގޮވި އެވެ.

ފިއްތުންތައް ބޮޑުވެސް ރުބިއާލެސް އެންމެ ފަހުން އިސްތިއުފާ ދިނީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. އޭނާގެ އިސްތިއުފާ އަށް ފަހު ގައުމީ ޓީމަށް ކުޅެން ހުރިހާ ކުޅުންތެރިން ވެސް ވަނީ އެއްބަސްވެފަ އެވެ. މިދިޔަ އިންޓަނޭޝަނަލް ބްރޭކުގައި ސްޕެއިންގެ އާ ކޯޗު މޮންޓްސޭ ޓޯމް ނެގި ސްކޮޑުގައި ހާމޯސޯ ހިމަނައިފަ އެއް ނުވެ އެވެ.

އެހެންނަމަވެސް، މި މަހުގެ ފަހުކޮޅު ނޭޝަންސް ލީގުގައި ސްޕެއިން ކުޅެން އޮތް ދެ މެޗަށް މޮންޓްސޭ ވަނީ ހާމޯސޯ ޓީމަށް ނަގައިފަ އެވެ. އިޓަލީ އަދި ސްވިޒަލެންޑާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗަށް ހާމޯސޯ އަންނަނީ މިހާރު ޓީމާ އެކު ފަރިތަކުރަމުންނެވެ.

ޖުމްލަ އެކު، 51 ގޯލާ އެކު ހާމޯސޯ އަކީ ސްޕެއިންގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.