Advertisement

ބޮޓުން މަދުކުރުމަށް އެކްސް އިން ދެ ގައުމެއްގެ އައު ޔޫޒަރުން އަތުން އަހަރަކު ޑޮލަރެއް ނަގަނީ

18 އޮކްޓޯބަރު 2023 - 10:00 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

"ނޮޓް އަ ބޮޓް" ގެ ނަންދީފައިވާ ޕްރޮގްރާމެއްގެ ދަށުން ގެންނަ މި ބަދަލަކީ ސްޕޭމްކުރުމާއި ބޮޓުތަކުގެ އެކްޓިވިޓީ މަދުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް އެކްސް އިން ބުނެފައިވޭ


ބޮޓުން މަދުކުރުމަށް އެކްސް އިން ދެ ގައުމެއްގެ އައު ޔޫޒަރުން އަތުން އަހަރަކު ޑޮލަރެއް ނަގަނީ

18 އޮކްޓޯބަރު 2023 - 10:00 0

ބޮޓު އެކައުންޓްތަކުގެ އެކްޓިވިޓީ މަދުކުރުމަށް އެކްސްއިން ދެ ގައުމެއްގެ އައު ޔޫޒަރުން އަތުން އަހަރަކު އެއް ޑޮލަރު ނަގަން ފަށައިފި އެވެ.

އެކްސްގެ ހެލްޕް ސެންޓާގައި ކޮށްފައިވާ ޕޯސްޓެއްގައި އެ ކުންފުނިން ބުނެފައިވަނީ މިފަދައިން އަހަރީ ފީއެއް ނެގުމަށް ނިންމާފައިވަނީ ނިއުޒިލެންޑް އަދި ފިލިޕީންސް އިން ކަމަށެވެ. ނަމަވެސް މި ފީ ނަގާނީ ހަމައެކަނި އެކްސްގެ ވެބްވާޝަން ބޭނުންކޮށްގެން ރަޖިސްޓާ ފަރާތްތަކުގެ އަތުން އެކަނި ކަމަށް ވެސް ބުނެފައިވެ އެވެ.

"ނޮޓް އަ ބޮޓް" ގެ ނަންދީފައިވާ ޕްރޮގްރާމެއްގެ ދަށުން ގެންނަ މި ބަދަލަކީ ސްޕޭމްކުރުމާއި ބޮޓުތަކުގެ އެކްޓިވިޓީ މަދުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް އެކްސް އިން ބުނެފައިވެ އެވެ. އެގޮތުން މި ދެ ގައުމުގައި އަލަށް ރެޖިސްޓްރީވާ ޔޫޒަރުން ފޯން ނަންބަރު ވެރިފައި ކުރަން ވެސް ޖެހޭނެ އެވެ.

އަލަށް ރެޖިސްޓާވާ ފަރާތްތަކުށް ބޭނުން ނަމަ އަހަރީ ފީއިން "އޮޕްޓް-އައުޓް" ވުމުގެ އިހްތިޔާރު ވެސް ލިބޭނެ އެވެ. ނަމަވެސް އެ ހިސާބުން ފެށިގެން ލިބޭނީ އެކްސްގެ "ރީޑް އޮންލީ" ވާޝަންއެކެވެ. އެއީ ޕޯސްޓްތަކާއި ވީޑިއޯ ނުވަތަ ފޮޓޯތައް ހަމައެކަނި ބަލާލުމެވެ.

ޓްވިޓާގެ ނަމުން މަޝްހޫރުވެފައިވާ ސޯޝަލް މީޑިއާ ބިލިއަނަރު އިލޮން މަސްކް ގަތުމަށް ފަހު އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މަސްކް އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ ޓްވިޓާ އަކީ ތެދު މައުލޫމާތު ލިބޭ ރައްކާތެރި ޕްލެޓްފޯމަކަށް ހެދުމެވެ.

އެކްސްގައި މިވަގުތު ވެސް މަހަކު 8 ޑޮލަރު ނަގާ ސަބްސްކްރިޕްޝަން ޕްލޭނެއްވެ އެވެ. ނަމަވެސް ބައެއް އިތުރު ފީޗާސްތައް ހިމެނޭ މި ސަބްސްކްރިބްޝަން ބޭނުން ކުރަނީ ވަރަށް މަދު ޔޫޒަރުންނެކެވެ.