Advertisement

މަތީ ފެންވަރުގެ ދޮރުފަތާއި ކުޑަދޮރު ބްރޭންޑް "ފެނެސްޓާ"ގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

16 އޮކްޓޯބަރު 2023 - 13:59 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ފެނެސްޓާގެ ޝޯރޫމް ހުޅުވުން. މިއީ މި ބްރޭންޑުން ރާއްޖޭގައި ހުޅުވި ފުރަތަމަ ޝޯރޫމް --- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މަތީ ފެންވަރުގެ ދޮރުފަތާއި ކުޑަދޮރު ބްރޭންޑް "ފެނެސްޓާ"ގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

16 އޮކްޓޯބަރު 2023 - 13:59 0

ކޮލިޓީ މޮޅު، މަތީ ފެންވަރުގެ ދޮރުފަތާއި ކުޑަދޮރު އުފެއްދުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެއް ކަމަށްވާ "ފެނެސްޓާ" ގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި އެވެ.

ފެނެސްޓާއަކީ ދޮރުފަތާއި ކުޑަދޮރު އުފެއްދުމުގައި އިންޑިއާގެ އެންމެ ވަރުގަދަ ބްރޭންޑެވެ. އިންޑިއާގެ ޑީސީއެމް ޝްރީރާމް ގްރޫޕްގެ މި ބްރޭންޑުން ޝޯރޫމްތައް އިންޑިއާގެ އިތުރުން ކެންޔާ، ބޫޓާން، ނޭޕާލް ގައިވެސް ހުރެ އެވެ.

ރާއްޖޭގައި ހުންނަ ފެނެސްޓާ އެކްސްކްލޫސިވް ޝޯރޫމް ހުންނާނީ ހިތަށްފިނިވާ މަގުގައި ހުންނަ ހ. އާރްޖީ ޓަވަރުގަ އެވެ.

ފެނެސްޓާއިން މައުލޫމާތު ދޭގޮތުގައި އެ ބްރޭންޑުން އެންމެ ޒަމާނީ އަދި ފެންވަރު ރަގަޅު ކުޑަދޮރާއި ދޮރުފަތް ފަރުމާ ކުރަނީ "ބެޓާ ބައި ޑިޒައިން" ފަލްސަފާ އަށް ބިނާކޮށްގެންނެވެ. އަދި މި ކުޑަދޮރާއި ދޮރުތައް ފަރުމާކޮށްފައިވަނީ ހޫނު މޫސުމާއި ވިއްސާރަ މޫސުމުގައި އަންނަ ގަދަ ކޮޅިގަނޑު ތަކުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ވިސްނާފަ އެވެ.

ފެނެސްޓާ ޝޯރޫމް، މިއީ މި ބްރޭންޑުން ރާއްޖޭގައި ހުޅުވި ފުރަތަމަ ޝޯރޫމް --- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ގެދޮރު އަދި ރިސޯޓްތަކުގެ ފަރުމާ އާއި ގުޅޭނެހެން އެންމެ ޒަމާނީ މެޓީރިއަލް އަދި ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފެނެސްޓާގެ ހައި ޕާފޯމަންސް ޕްރޮޑަކްޓްތަކުން މަގުމަތިން އިވޭ އަޑުތަކާއި ދުމާއި ހިރަފުސް އަދި ބޯ ވިއްސާރައިން ސަލާމަތް ކޮށްދޭނެ އެވެ.

ފެނެސްޓާގެ ބިޒްނަސް ހެޑް ސަކެޓް ޖޭން ވިދާޅުވީ އެ ކުންފުނީގެ އުފެއްދުންތަކަކީ ޖާގައިގެ ދަތިކަމަށް ވިސްނައިގެން ފަރުމާކޮށްފައިވާ އުފެއްދުންތަކެއް ކަމަށާއި އެ އުފެއްދުންތައް ރީތިވެފައި އެންމެ ފުރިހަމަޔަށް ބޭނުން ހިފޭނެ ކެމަށެވެ. އަދި ރާއްޖެއަށް ފެނެސްޓާގެ ވިޔަފާރި ފުޅާވެގެން ދިއުމަކީ އެ ކުންފުނީގެ ވިޔަފާރީގައި ކުރިއެރުމަށް ގިރާ ކުރެވުނު އިތުރު ހަރުފަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނެސްޓާ ފާހަގަކުރެވިގެން ދަނީ ޑިޒައިންގެ މޮޅުކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް ކުރާ މަސައްކަތުގެ ސަބަބުންނެވެ. ފާއިތުވި 20 އަހަރު ތެރޭގައި ފެނެސްޓާ އިން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ގެދޮރު އަދި އޮފީސް އިމާރާތް ފަދަ ތަންތަނަށް ވަނީ މި ފެންވަރު ރަނގަޅު ކުޑަދޮރު ތަކާއި ދޮރުފަތްތައް ބޭނުންކޮށްގެން އިންގިލާބެއް ގެނެސްފަ އެވެ.

ފެނެސްޓާގެ ޝޯރޫމް، މިއީ މި ބްރޭންޑުން ރާއްޖޭގައި ހުޅުވި ފުރަތަމަ ޝޯރޫމް --- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މާލޭގައި ހުންނަ ފެނެސްޓާ ޝޯރޫމްގައި ތަފާތު ކުލަތަކާއި ޑިޒައިންތަކާއި ފަރުމާތަކުގެ ތެރެއިން ޔޫޕީވީސީ އަދި ސިސްޓަމް އެލްމިނިއަމް ކުޑަދޮރާއި ދޮރު، އަދި ސޮލިޑް ޕެނަލް ޑޮރުތައް ހިމެނޭ ފުޅާ ދާއިރާއެއްގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ.

ފެނެސްޓާއިން ކަސްޓަމައިޒްޑް ޑިޒައިންތަކަަށް ދޮރުހަދައިދިނުމާއި ޑެލިވަރީ އަދި އިންސްޓޯލުކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދެ އެވެ. އެގޮތުން ވަކިވަކި ގޭބިސީތަކަށާއި ގެސްޓް ހައުސް، ހޮޓެލް، ހޮސްޕިޓަލް، ސްކޫލް އަދި އޮފީސް ފަދަ ތަންތަނަށް ވެސް ހިދުމަތް ފޯރުކޮށްދޭނެ އެވެ. އެކުންފުނިން ބުނީ މުޅި ޕްރޮސެސް ގުޅިލާމެހިފައިވަނީ ކޮންމެ ޕްރޮޖެކްޓެއްގެ ސްޕީޑާ އެއްގޮތަށް ކަމަށެވެ.