Advertisement

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

9 މޭ 2024 - 21:46 0

ވިލިމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް. މިދިޔަ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން މިގޮތަށް ގަވާއިދު ބަދަލުކުރުމަށް އެއްބަސްވެފައި ނުވޭ --- ފޮޓޯ: އަދަދު ފައިލް


ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

9 މޭ 2024 - 21:46 0

ވިލިމާލޭގައި އަޅާ އިމާރާތްތައް 10 ބުރިއަށް ނެގޭ ގޮތަށް މާލޭ ޕްލޭނިން ގަވާއިދަށް ބަދަލު ގެނެސް އެ ގަވާއިދު މިއަދު ގެޒެޓުކޮށްފި އެވެ.

ގަވާއިދު ބަދަލުކުރުމާ ހަމައަށް ވިލިމާލޭގައި އެންމެ އުސްކޮށް އިމާރާތް ކުރެވުނީ ހަ ބުރިއަށެވެ. މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތީ އެ އުސޫލު ބަދަލުކުރުމުގެ ވައުދާއެކު އެވެ.

އެގޮތުން, އެ އަވަށުގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ކުރަން ޖެހޭ މަސައްކަތްތައް މޭޔަރު ކަމުގައި އެމަނިކުފާނު ފެއްޓެވި އެވެ. އޭރުގެ ޕްލޭނިން މިނިސްޓްރީގެ ޕްލޭންތަކުގައި ވިލިމާލޭގައި ހަ ބުރިއަށްވުރެ އުސްކޮށް އިމާރާތް ކުރަން ހުއްދަން ނުދޭން އޮތުމުން އޭރު ގަވާއިދު ބަދަލުކޮށްފައި ނުވެ އެވެ.

މިއަދު ގެޒެޓުކުރި ގަވާއިދުގާވާ ގޮތުން ވިލިމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 100 ފޫޓެވެ. އެއީ, 10 ބުރީގެ އިމާރާތެއްގައި އާންމުކޮށް ހުންނަ އުސްމިނެވެ.

މާލޭގެ ފަސް ވަނަ އަވަށް، ވިލިމާލެއަކީ ހިތް ފަސޭހަ ތަނެކެވެ. ބޮޑެތި އިމާރާތްތަކެއް އަޅަން ހުއްދަ ދޭ ހިސާބުން އެ ރަށުގެ ހިތްގައިމުކަން ގެއްލިދާނެތީ ވެސް ބައެއް މީހުންގެ ކަންބޮޑުވުން އެބައޮތެވެ.