Advertisement

ފުރަތަމަ މެޗުން މޮޅުވިޔަސް ނާގަލްސްމަން ހަމަބިމުގައި

15 އޮކްޓޯބަރު 2023 - 21:42 0


ފުރަތަމަ މެޗުން މޮޅުވިޔަސް ނާގަލްސްމަން ހަމަބިމުގައި

15 އޮކްޓޯބަރު 2023 - 21:42 0

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 15) - ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވި، ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވި ކަމުގައި ވިޔަސް ކުރަން ހުރި މަސައްކަތްތަކާ މެދު ވިސްނައި، މިހާރު މާ ބޮޑަށް އުފާފާޅުކުރުމުގެ ކަންކަމާ އުޅެވެން ނެތް ކަމަށް ބުނެފި އެވެ.

ޖަރުމަނުގެ ކޯޗަކަށް ހުރި ހަންސީ ފްލިކް މަގާމުން ވަކިކުރުމަށް ފަހު، އެ ގައުމުގެ ފުޓްބޯޅަ ކޯޗަކަށް ހަމަޖައްސާފައިވަނީ ނާގަލްސްމަން އެވެ. އެއީ އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށެެވެ.

ނާގަލްސްމަން، 36، އަކީ ޖަރުމަނު ގައުމީ ޓީމާ ހަވާލުވި އެންމެ ޒުވާން އެއް ކޯޗެވެ. އޭނާ އަށް އެފަދަ ޒިންމާއެއް ދޭން އަދި އަވަސް ކަމަށް ބުނެ، ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެކަމަކު، ރޭގެ މެޗުގައި ޖަރުމަނުން ވަނީ 3-1 އިން އެމެރިކާ ބަލިކޮށްފަ އެވެ.

އެ މެޗަށް ފަހު ނާގަލްސްމަން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކުރު މުއްދަތެއްގެ ކޮންޓްރެކްޓެއް ކަމަށް ވުމުން މަސައްކަތް ކުރާ ކޮންމެ ދުވަހެއް ވެސް މުހިންމު ކަމަށެވެ.

"ޔަގީނުން ވެސް މިއީ ކެރިއަރުގައި އެންމެ ބޮޑު މަސައްކަތް، އަހަރެން އުފާފާޅުކުރަން ޖެހޭ ހާލަތުގައި އެކަން ވެސް ކުރާނެ އެކަމަކު، އަދި މިއީ އެ ވަގުތެއް ނޫން،" ކުރިން ހޮފެންހައިމް، އާރްބީ ލައިޕްޒިގު އަދި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ނާގަލްސްމަން ބުންޏެވެ.

ޖަރުމަނުން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ މެކްސިކޯއާ އެވެ.

ނާގަލްސްމަން ވަނީ ކުރިއަށް ހުރި ގައުމީ ޓީމުގެ މެޗުތަކުގައި ވީހާވެސް ގިނަ ކުޅުންތެރިންތަކެއް ޓެސްޓް ކުރުމަކީ އޭނާގެ އެންމެ ބޮޑު ވިސްނުން ކަމަށާއި ރަނގަޅު ޓީމެއް އެކުލަވާލަން އެކި ސްޓައިލްގެ ކުޅުންތެރިން މުހިންމުވާނެ ކަމަށެެވެ.