Advertisement

ދުޅަހެޔޮކަމުގެ މައިގަނޑު އެއް އަސާސަކީ ނަފްސާނީ ދުޅަހެޔޮކަން: ފަޒްނާ

15 އޮކްޓޯބަރު 2023 - 21:20 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު : އޮއިވަރު މެންޓަލް ހެލްތް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެކަމަނާ ވަނީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ފަހުގެ ތަފާސްހިސާބުތައް ބޭނުންވާ ކަމަށް ވިދާޅުވެފަ - ފޮޓޯ: ރައީސް އޮފީސް


ދުޅަހެޔޮކަމުގެ މައިގަނޑު އެއް އަސާސަކީ ނަފްސާނީ ދުޅަހެޔޮކަން: ފަޒްނާ

15 އޮކްޓޯބަރު 2023 - 21:20 0

ނަފްސާނީ ދުޅަހެޔޮކަމަކީ ފަރުދީ ދުޅަހެޔޮކަމުގެ މައިގަނޑު އެއް އަސާސް ކަމަށާއި ނަފްސާނީ މައްސަލަތަކަކީ ކުޑަ ކަންބޮޑުވުމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ވިލާ ނޯޓިކާގައި މިއަދު ފެށި އޮއިވަރު މެންޓަލް ހެލްތު ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފަޒްނާ ވިދާޅުވީ، އެންމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަން ދިނުމުގައި މުޖުތަމައުގެ އެއްބާރުލުން ހޯދުމަށްޓަކާ އެންމެ މުހިންމު ކަމަކީ ނަފްސާނީ ދުޅަހެޔޮކަން ގަބޫލުކުރުން ކަމަށެވެ. އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން ހުޅުވާލެވިފައިވާ މަޝްވަރާތަކަކަށް މަގުފަހިކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޗޭންޖިން ކަރަންޓްސް, ފޯމިން ކަނެކްޝަންސް އަކީ އަބަދުވެސް ބަދަލުވަމުންދާ ދުނިޔޭގައި ވަރަށް މުހިންމު ޝިއާރެއް، ހުރިހާ ބަދަލެއް ކޮންޓްރޯލް ނުކުރެވޭ އިރު، ސިޔާސީ ވިސްނުމާއި ޑޭޓާ ލިބުމާއި ކެޕޭސިޓީ އާއި ގުޅިގެން ނުފޫޒު ފޯރުވާ، އަޅުގަނޑުމެންގެ ޖަވާބުތައް ބައްޓަން ކުރެވިދާނެ," ކޮންފަރެންސްގެ ޝިއާރާ ބެހޭގޮތުން ފަޒްނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ކޮންފަރެންސްގެ މިއަދުގެ ސެޝަންތަކުގައި ވާހަކަދައްކަވަމުން ރައީސްގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ ނަފްސާނީ ސިއްހަތު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ފަހުގެ ތަފާސް ހިސާބުތައް ހޯދުމާއި، ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ލާމަރުކަޒު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަ ކުރައްވާފަ އެވެ.

ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުން ކުރިއަށްގެންދާ "އޮއިވަރު މެންޓަލް ހެލްތް ކޮންފަރެންސް" ގެ އަކީ ނަފްސާނީ ބަލިތަކާއި އެފަދަ އެހެން ކަންކަމަށް ޙައްލެއް ހޯދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އެ ސެންޓަރުން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.