Advertisement

އެމްއެސްއެސް އާގު ބޯޓު މުދާ ހިފައިގެން އައްޑުއަށް

16 އޮކްޓޯބަރު 2023 - 07:16 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އައްޑުއަށް ޑައިރެކްޓް ކޮންޓެއިނާ ޝިޕިންގެ ހިދުމަތް ފޯރުކޮށްދޭ "އެމްއެސްއެސް އޯޕަލް" އައްޑޫ ސަރަހައްދީ ބަނދަރުގައި--- ފޮޓޯ: އެމްއެސްއެސް


އެމްއެސްއެސް އާގު ބޯޓު މުދާ ހިފައިގެން އައްޑުއަށް

16 އޮކްޓޯބަރު 2023 - 07:16 0

ބޭރުގެ ބަނދަރުތަކުން ގެންނަ މުދާ ސީދާ އައްޑޫއަށް ގެންދެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިން މާލެ އާއި އައްޑު އާ ދެމެދު ކޮންޓެއިނާ ޝިޕިންގެ ހިދުމަތް ފަށައިފި އެވެ.

މި ހިދުމަތުގައި ބޭނުންކުރާ "އެމްއެސްއެސް އޯޕަލް"ގެ ނަން ދީފައިވާ ބޯޓުގެ ފުރަތަމަ ދަތުރުގައި އައްޑޫގެ ސަރަހައްދީ ބަނދަރުގައި އިއްޔެ ވަނީ ބަނދަރުކޮށްފަ އެވެ.

މި ބޯޓަކީ 20 ރީފާ (ގަނޑުކުރި މުދާ އުފުލާ) ކޮންޓެއިނަރު ހިމެނޭހެން ޖުމުލަ 105 ކޮންޓެއިނަރު އުފުލޭ ބޯޓެކެވެ. ކޮންޓެއިނަރު ލޯޑްކުރުމާއި އަންލޯޑްކުރުމަށް ބޯޓުގައި ކްރޭން ހަރުކުރެވިފައި ހުންނައިރު ސިމެންތި އާއި ވެލި ފަދަ މުދާ އުފުލަން ދެ ފަލްކާ ހުރެ އެވެ.

އެމްއެސްއެސް އިން ބުނީ މި ބޯޓުން މުދާ ހިފައިގެން މާލެ، ހިތަދޫ، ކޫއްޑޫ، މާލެ ރޫޓުން ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާނެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ މި ހިދުމަތާއެކު އައްޑުއަށް މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުކުރެވޭނެ ކަމަށެވެ. އަދި ގަވާއިދުން އައްޑުއަށް މުދާ ޝިޕްކުރުމުގެ އިތުރުން މޫސުން ގޯސްވާ ދުވަސްވަރު ކާޑުގެ ބާވައްތައް އުފުލުމުގައި ވެސް މި ބޯޓު އެހީތެރިވެދޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެމްއެސްއެސް އިން ވަނީ 'ބޮންތި' ބޯޓުގައި މާލެއިން އައްޑޫއަށް މުދާ އުފުލާފަ އެވެ. މި ދަތުރުތަކަށް ވިޔަފާރިވެރިންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން އޭރު ބުނެފައި ވާއިރު، އިންޑިއާ ސަރުކާރުގެ އެހީގައި ލިބުނު އެ ބޯޓު ގެނައި މުއްދަތު ހަމަވުމުން އެ ދަތުރުތައް ވަނީ ހުއްޓައިލައިފަ އެވެ.