Advertisement

ދިއްދޫ ނެރުމައްޗަށް ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އަނިޔާ ލިބުނު އެންމެން ދޫކޮށްލައިފި

15 އޮކްޓޯބަރު 2023 - 10:43 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ދިއްދޫ ނެރު މައްޗަށް ލޯންޗު ބަންޑުންޖަހާލުމުން އެ ރަށު ރައްޔިތުން ބަނދަރު މައްޗަށް އެއްވެފައި -- ފޮޓޯ: ދިއްދޫ އޮންލައިން


ދިއްދޫ ނެރުމައްޗަށް ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އަނިޔާ ލިބުނު އެންމެން ދޫކޮށްލައިފި

15 އޮކްޓޯބަރު 2023 - 10:43 0

މިދިޔަ ހުކުރު ދުވަހު ހއ. ވަށަފަރުން ފުރައިގެން އެ އަތޮޅު ދިއްދޫއަށް 10 މީހުންނާ އެކު ދަތުރުކުރި ލޯންޗެއް ދިއްދޫ ނެރު މައްޗަށް ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި އެންމެން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު މިއަދު 'އަދަދު' އަށް ވިދާޅުވީ، އެ ހާދިސާގައި އަނިޔާ ލިބުނު އެންމެންނަށް ވެސް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އަދި, ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކައުންސިލަށް ސާފުނުވާ ކަމަށާއި، ބޮޑަށް ލަފާކުރެވެނީ ލޯންޗު ދިއްދޫއަށް ވަންނަން އުޅުމުގެ ތެރޭގައި ބަންޑުންޖަހާލީ ކަމަށް ކައުންސިލް ރައީސް ފާހަގަކުރެއްވި އެވެ.

"އެންމެން މިހާރު ދޫކޮށްލައިފި، ލޯންޗު ވަންނަން އުޅުމުގެ ތެރޭގަ ބަންޑުންޖަހާލީ ކަމަށް ބެލެވެނީ،" އަބްދުالله ރަޝީދު ވިދާޅުވި އެވެ.

މި ލޯންޗު ބަންޑުން ޖަހާލީ ހުކުރު ދުވަހުގެ ރޭ 9:00 ހާއިރު އެވެ. މި ހާދިސާގައި ލޯންޗުން ދަތުރުކުރި 10 މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބުނެވެ. ހާދިސާ ހިނގި އިރު ލޯންޗުގައި ތިބީ ހުސް ވަށަފަރު ރައްޔިތުން ކަމަށް އަބްދުالله ރަޝީދު ވިދާޅުވި އެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.