Advertisement

ހުލާސާކޮށް އިއްޔެ: މުއިއްޒުގެ ޕްލޭނަކީ މާލޭގެ މައި މަގުތަކުގައި ތާރު އެޅުން

14 އޮކްޓޯބަރު 2023 - 06:20 0

އަމީނީ މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްފައި. މި މަގު އެ ފެންވަރަށް ތަރައްގީ ކުރުމުން ގިނަ ބަޔަކަށް ވަނީ ފަސޭހަކަން ލިބިފައި. -- ފޮޓޯ: އަބްދުﷲ އިޔާން


ހުލާސާކޮށް އިއްޔެ: މުއިއްޒުގެ ޕްލޭނަކީ މާލޭގެ މައި މަގުތަކުގައި ތާރު އެޅުން

14 އޮކްޓޯބަރު 2023 - 06:20 0

ނޮވެމްބަރު 17 ގައި އުފެދޭ އާ ސަރުކާރުން މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަށް ހަދާނެ ކަަމަށާއި މައި މަގުތަކުގައި ތާރު އަޅާނެ ކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި މުއިއްޒު ވިދާޅުވީ "އަމީނީ މަގުގެ މަޝްރޫއު ނިމުގެ ކުރިން ނިމޭނީ މި ސަރުކާރު" ކަމަށް ވިދާޅުވީ ޖޯކެއްގެ ގޮތުގައި ކަމަށާއި އެހެން ނަމަވެސް އެކަން ހަގީގަތަކަށް ވެއްޖެ ކަމަށެވެ. އެކަން ހަގީގަތަކަށް ވީމާ (ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރު ނިމުނު އިރު އަމީނީ މަގުގެ މަސައްކަތް ނުނިމި އޮތުމުން) "ވަރަށް ދެރަ ވެއްޖެ" ކަމަށް ވެސް ވިދާޅުވި އެވެ.

"އެ މަޝްރޫއު ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ނިންމާނަން. ދެން މުޅި މާލޭގެ ހުރިހާ މަގުތަކެއް އިރާދަކުރެއްވިއްޔާ ހަދާނަން. ދެން އެއް އަހަރަކުން ނުއެއް ހެދޭނެ ކޮންމެ ގޮތަކުން ވިޔަސް. މައިގަނޑު ހުރިހާ މަގެއްގައި ތާރު އަޅައިގެން، ހަނި ގޯޅިތަކުގައި ގާ އެތުރުން އަޅުގަނޑުމެންގެ ވިސްނުމަކީ،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސިޓީ ކައުންސިލު މެދުވެރިކޮށެވެ.

މާލޭގެ މޭޔަރުގެ މަގާމުގައި އަދިވެސް ހުންނެވި މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އެމަނިކުފާނުގެ ސަރުކާރުން އަނބުރާ ސިޓީ ކައުންސިލާ ހަވާލުކުރާނެ ކަމަށެވެ. މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ސިޓީ ކައުންސިލާ ހަވާލުކޮށްފައި އޮތުމަށް ފަހު އެ މަޝްރޫއަކީ މަައި ސަރުކާރުން ހިންގާ މަޝްރޫއަކަށް ބަދަލުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

އޮކްޓޯބަރު 13, 2023 - ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައި, ދިވެހިން ތިބީ ފަލަސްތީނާ އެކުގައިކަން ހާމަކުރުމުގެ ގޮތުން މާލެ އާއި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން. މި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވެ ވަނީ އަޑު އުފުލާފައި --- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު