Advertisement

ދިއްދޫ ނެރުމައްޗަށް ލޯންޗެއް ބަންޑުން ޖަހާލައި އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދެނީ

13 އޮކްޓޯބަރު 2023 - 22:01 0

ނިމާ ހަސަން

ނިމާ ހަސަން

ދިއްދޫ ނެރުމައްޗަށް ލޯންޗެއް ބަންޑުން ޖަހާލައިގެން އެ ރަށު ބަނދަރު މައްޗަށް މީހުން އެއްވެފައި -- ފޮޓޯ: ދިއްދޫ އޮންލައިން


ދިއްދޫ ނެރުމައްޗަށް ލޯންޗެއް ބަންޑުން ޖަހާލައި އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދެނީ

13 އޮކްޓޯބަރު 2023 - 22:01 0

ހއ. ވަށަފަރުން ފުރައިގެން އެ އަތޮޅު ދިއްދޫއަށް 10 މީހުންނާ އެކު ދަތުރުކުރި ލޯންޗެއް ދިއްދޫ ނެރު މައްޗަށް ބަންޑުން ޖަހާލައި އޭގެއިން ދަތުރުކުރި ބައެއް މީހުންނަށް އަނިޔާވުމުގެ ސަބަބުން ފަރުވާ ދޭން ފަށައިފި އެވެ.

ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު 'އަދަދު' އަށް ވިދާޅުވި ގޮތުގައި މިރޭ 9:00 ހާއިރު ހިނގި އެ ހާދިސާގައި ލޯންޗުން ދަތުރުކުރި 10 މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ.

އަދި ލޯންޗުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކު އަދި ހޭ ނާރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުالله ވިދާޅުވީ ލޯންޗުން ދަތުރުކުރި އެންމެން އެރަށު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު, އެއީ ހައްތަހާވެސް ވަށަފަރު ރައްޔިތުން ކަމަށެވެ. އޭނާ ވިދާޅުވީ މީހުން ސަލާމަތް ކުރުމަށްފަހު މިހާރު މަސައްކަތް ކުރަމުން ދަނީ ލޯންޗު ނެގުމަށް ކަމަށެވެ.

ދިއްދޫ ނެރުމައްޗަށް ލޯންޗެއް ބަންޑުން ޖަހާލައިގެން އެރަށު ރައްޔިތުން ބަނދަރު މައްޗަށް އެއްވެފައި -- ފޮޓޯ: ދިއްދޫ އޮންލައިން


ފުލުހުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ހާދިސާގައި އަނިޔާވި މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އެކަން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ދިއްދޫ އެމްޓީސީސީންނާއި, ފުލުހުން އަދި އާންމު ރައްޔިތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ކައުންސިލު ރައީސް އަބްދުالله ވިދާޅުވި އެވެ.