Advertisement

ޕީއެސްޖީގެ ކުރީގެ ކޯޗު ގަލްޓިއޭ ގަތަރުގެ އަލް ދުހައިލްގެ ކޯޗަކަށް

13 އޮކްޓޯބަރު 2023 - 11:00 0


ޕީއެސްޖީގެ ކުރީގެ ކޯޗު ގަލްޓިއޭ ގަތަރުގެ އަލް ދުހައިލްގެ ކޯޗަކަށް

13 އޮކްޓޯބަރު 2023 - 11:00 0

ދޯހާ (އޮކްޓޫބަރު 13) - ޕީއެސްޖީގެ ކޯޗުކަމުން ވަކިވިތާ ތިން މަސް ދުވަސް ފަހުން ކްރިސްޓޯފް ގަލްޓިއޭ ގަތަރުގެ އަލް ދުހައިލްގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

ގަލްޓިއޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ވަނީ ލީގު ޗެމްޕިއަންކަން ހޯދިޔަސް، އެ ކްލަބުގައި އޭނާ ހޭދަކުރީ އެންމެ ސީޒަނެކެވެ.

ޕީއެސްޖީގެ ކޯޗުގެ މަގާމުގައި ގަލްޓިއޭ ހޭދަކުރި ފަހު ދުވަސްކޮޅުގައި އޭނާގެ ބޮލުގައި ނަސްލީ ތަފާތު ކުރުމުގެ ތުހުމަތުތަކެއް އޮތީ އެޅިފައެވެ. އެއީ ނީސްގެ ކޯޗަކަށް އޭނާ މަސައްކަތްކުރިއިރު، ނަސްލީ ތަފާތުކުރުމުގެ އަމަލުތަކެއް އޭނާ ކުރި ކަމަށް ބުނެ، އޭނައާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކެކެވެ. މި މައްސަލައިގެ ޝަރީއަތް ޑިސެމްބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ގަތަރުގެ އަލް ދުހައިލް އިން ގަލްޓިއޭ ،57، މި ހަމަޖެއްސީ އެ ޓީމުގެ ކޯޗަކަށް ހުރި އާޖެންޓީނާގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ހެނާން ކްރެސްޕޯ މަގާމުން ވަކިކުރުމަށް ފަހުއެވެ.

ގަތަރު ލީގުގެ ޗެމްޕިއަންކަން މިދިޔަ ސީޒަންގައި ހޯދި އަލް ދުހައިލްގެ ސްކޮޑުގައި ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ ހިމެނެ އެވެ.