Advertisement

ބާރަ އަހަރަށް ފަހު ތ. އޮމަދޫން ގޯތި ދެނީ

13 އޮކްޓޯބަރު 2023 - 06:30 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ތ. އޮމަދޫ -- ފޮޓޯ: ލޫތު އަބްދުއް ލަތީފް


ބާރަ އަހަރަށް ފަހު ތ. އޮމަދޫން ގޯތި ދެނީ

13 އޮކްޓޯބަރު 2023 - 06:30 0

ބާރަ އަހަރަށް ފަހު ތ. އަތޮޅު އޮމަދޫން ގޯތިދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

އޮމަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ރަށުން 2000 އަކަފޫޓުގެ 34 ގޯތި ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެންމެ ފަހުން އެ ރަށުން ގޯތި ދޫކޮށްފައި ވަނީ 2011ގެ އޭޕްރީލް މަހު އެވެ.

އެ ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ހާރޫން މުހައްމަދު ވިދާޅުވީ އަލަށް ދޫކުރާ ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލާނީ އަންނަ މަހު ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ފެށޭ މަސްތެރޭގައި [ގޯއްޗަށް] އިއުލާން ކުރެވޭތޯ. އެ ކަންކަން ކައުންސިލުން ނިންމާފައި،" ހާރޫން ވިދާޅުވި އެވެ.

އޮމަދޫން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ އެރަށު ސްޕޯޓްސް އެރީނާގެ ހުޅަނގުން އޮންނަ ބިމުންނާއި، އުރީދޫ އެންޓަނާ ހުންނަ ސަރަހައްދުގެ އިރުން އޮންނަ ބިމުންނެވެ.

ތިރީސް ހަތް ހެކްޓަރުގެ އޮމަދޫގެ އާބާދީގައި 700 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ.