Advertisement

ފޯކަސް އަކީ ބަންގްލަދޭޝް މެޗު ކާމިޔާބުކުރުުން: ނިހާޓް

12 އޮކްޓޯބަރު 2023 - 10:47 0

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ހުސެއިން ނިހާން (މ): ޓީމުގެ ޓާގެޓަކީ މި ދެ ލެގުން ވެސް ކާމިޔާބު ހޯދުން ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފޯކަސް އަކީ ބަންގްލަދޭޝް މެޗު ކާމިޔާބުކުރުުން: ނިހާޓް

12 އޮކްޓޯބަރު 2023 - 10:47 0

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް މިއަދު ކުޅޭ މެޗަށް ނުކުންނައިރު، ދެން ހުރި އެއްވެސް ކަމަކަށް ބެލުމެއްނެތި ފޯކަސް ބަހައްޓާނީ މެޗު ކާމިޔާބުކުރަން ކަމަށް ގައުމީ ޓީމުގެ މިޑްފީލްޑަރު، ހުސެއިން ނިހާން (ނިހާޓް) ބުނެފި އެވެ.

މިއަދު ހަވީރު 16:00 ގައި ކުޅޭ މެޗަށް ނުކުންނައިރު، ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން އެންމެ ފަހުން ރަސްމީ މުބާރާތެއްގައި ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. އެއީ، 2021 ވަަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އިން 2-1 އިން ރާއްޖެ ބަލިކުރި މެޗާއި މި އަހަރުގެ ޖޫން/ޖުލައި މަހު ސާފް ޗެމްޕިއަންޝިޕްގައ ރާއްޖެ އަތުން 3-1 އިން ބަންގްލަދޭޝް ބަލިކުރި މެޗެވެ.

އެހެން ނަމަވެސް، ގަލޮޅު ދަނޑުގައި ބަންގްލަދޭޝް އަށް ރާއްޖެ އަތުން މޮޅެއް ނުލިބެ އެވެ. އެ ގޮތުން، ހަތަރު މެޗު ކުޅުނުއިރު، ތިން މެޗުން ރާއްޖެ ވަނީ މޮޅުވެފަ އެވެ. އެންމެ ފަހުން، ގަލޮޅު ދަނޑުގައި ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން ކުުޅުނު ތިން މެޗަށް ބަލާއިރު، 2016 ވަނަ އަހަރު އެކުވެރިކަމުގެ މެޗުން ވަނީ 5-0 އިން މޮޅުވެފަ އެވެ. އޭގެ ފަހުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގަޔާއި މިދިޔަ އަހަރުގެ އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭން ވަނީ 2-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ބަންގްލަދޭޝާ ދެކޮޅަށް ކުޅޭއިރު، ރާއްޖޭގެ ފުޓްބޯޅަ އަށް މިއީ އުނދަގޫ ހާލަތެކެވެ. އެހެން ނަމަވެސް އެހެން ހުރި އެއްވެސް ކަމަކާ ޓީމުގެ ކުޅުންތެރިން ނުވިސްނާނެ ކަމަށް ނިހާޓް ވަނީ ބުނެފަ އެވެ.

"އަހަރެމެންގެ ފޯކަސް ހުރީ މި މެޗު ކާމިޔާބުކުރަން، ހުރިހާ އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން، ކުރިއަށް މި އޮތް ދެ މެޗު ނަގަން،" މިއަދުގެ މެޗާއި މި މަހު 17 ގައި ބަންގްލަދޭޝްގައި ކުޅޭ ދެ ވަނަ ލެގުގެ މެޗަަށް އިޝާރާތްކޮށް، ނިހާޓް ބުންޏެވެ. "މި ކުޅޭ ހުރިހާ މެޗެއްގައި ވެސް ދޭންޖެހޭ އެފަޓެއް ދީގެން އަޅުގަނޑުމެން މި ކުޅެނީ. ކޮންމެ މެޗެއް ނެގުމަކީ އަހަރެެމެންގެ ޓާގެޓެއް، ހުރިހާ އެންމެން ވެސް މަސައްކަތް ކުރަނީ ކާމިޔާބަށް،"

ގައުމީ ޓީމުން ބަންގްލަދޭޝް މެޗަށް ނެގި ސްކޮޑަށް ބަލާއިރު، ސާފް ޗެމްޕިއަންޝިޕް ކުޅުނު ޓީމަށް ވަނީ ބަދަލުތަކެއް އަތުވެފަ އެވެ. އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) އަނިޔާގައި ހުރުމެވެ. ކުރިން ސްކޮޑުގައި ނެތް، ޓީމުގައި މި ފަހަރު ހިމެނުނު ކުޅުންތެރިންނަކީ، އަލީފް އިބްރާހިމް، ހިސާމް ސަލީމް (ކޮކީ)، ހަސަން ނަޒީމް ގާސިމް (ޗޯޓު) އަދި މުހައްމަދު ނާއިމް އެވެ.