Advertisement

ބެކަމްގެ މެސެޖާ އެކު މެގުއާ އާ ހިތްވަރެއްގައި

12 އޮކްޓޯބަރު 2023 - 10:26 0


ބެކަމްގެ މެސެޖާ އެކު މެގުއާ އާ ހިތްވަރެއްގައި

12 އޮކްޓޯބަރު 2023 - 10:26 0

ލަންޑަން (އޮކްޓޫބަރު 12) - ކެރިއަރުގެ އެންމެ އުނދަގޫ ދުވަސްވަރު އިނގިރޭސި ލެޖެންޑް ޑޭވިޑް ބެކަމް ގުޅާފައި ދިން ނަސޭހަތަކީ ކުރިއަށްދާން ލިބުނު ހިތްވަރެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑާއި އިންގްލެންޑްގެ ޑިފެންޑަރު ހެރީ މެގުއާ ބުނެފި އެވެ.

ބެކަމްގެ ފަރާތުން ލިބުނު އެހީތެރިކަމާ ގުޅޭގޮތުން މެގުއާ ވާހަކަދައްކާފައި މި ވަނީ އޭނާގެ ކުޅުމާ މެދު ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނަނިކޮށެވެ. އެ ގޮތުން އޭނާ އަތުން ބައިކޮޅަށް ވަންނަ ލަނޑުތަކާއި ހެދޭ ގޯސްތަކުގެ ސަބަބުން އޭނާ އަށް މަލާމާތްކުރުން ވަނީ އާންމުވެފަ އެވެ.

ފަހުގެ ތާރީހެއްގައި މިކަން އެންމެ ބޮޑަށް ފެނުނު މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑާއި ސްކޮޓުލެންޑު ވާދަކުރި މެޗެވެ. މިދިޔަ މަހު ކުޅުނު މެޗު އިންގްލެންޑުން 3-1 އިން ކާމިޔާބުކުރިއިރު، ސްކޮޓްލެންޑުން ޖެހި ގޯލަކީ މެގުއާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަނެއްކޮޅުން، މި މެޗުގައި މެގުއާ އަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު ސަޕޯޓަރުން ވަނީ އޭނާ އަށް މަލާމަތްކޮށްފަ އެވެ.

މި މެޗަށް ފަހު އިންގްލެންޑުގެ ކުރީގެ ތަރި ޑޭވިޑް ބެކަމް ވަނީ މެގުއާ އަށް ފޯނުން ގުޅައި ހިތްވަރުދީފަ އެވެ.

މެގުއާ ބުނީ ބެކަމްގެ ކޯލަކީ ސަޕޯޓަރުންގެ ފަރާތުން ފެނުނު ކަންކަމުން ލިބުނު މާޔޫސްކަމުން އަރައިގަތުމަށް އޭނާ އަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ. ވަކިން ހާއްސަކޮށް އޭނާގެ ކުޑައިިރުގެ "އައިޑޮލް"އެއްގެ ފަރާތުން އެކަހަލަ ހިތްވަރުލިބޭ ބަސްތަކެއް ލިބުމަކީ އާ އުއްމީދެއް ލިބުނު ކަމެއްކަމަށް މެގުއާ ބުނެފައިވެ އެވެ.

"ބެކަމްގެ ފެންވަރު މިކަހަލަ ކަންކަމުން މި ފެންނަނީ. އަހަރެން އަބަދުވެސް ޝުކުރުވެރިވާނަން. ވަރަށް އުފާވި އެކަހަލް ރޯލް މޮޑެލްއެއްގެ ފަރާތުން އެ މެސެޖުތައް ލިބުނީމަ" މެގުއާ ބުންޏެވެ.

ކުލަބު ލެވެލްގައި މާގިނަ ފުރުސަތުތައް ނުލިބުނު ނަމަވެސް އިނގިރޭސި ގައުމީ ކޯޗުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން އަންނަ މެގުއާ ބުނީ ކެރިއަރުގައި މި ކަހަލަ އުނދަގޫ ހާލަތްތައް އަންނާނެކަން އެނގޭކަމަށާއި، މިކަންކަމާ ކުރިމަތިލާނީ ކެރިގެންކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް އޭނާގެ އަމާޒަކީ ރަނގަޅު ކުޅުމެއް ދައްކައި ޓީމަށް ކާމިޔާބީ ހޯދައިދިނުން ކަމަށް އޭނާ ބުންޏެވެ.

އިންގްލެންޑާ އެކު ހެރީ މެގުއާ މިހާރު ތައްޔާރުވަމުން އަންނަނީ އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި، ޔޫރޯ ކޮލިފައިންގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗަށެވެ.