Advertisement

ހުލާސާކޮށް އިއްޔެ: ޕްލާސްޓިކް ކޮތަޅުގެ ފީ 50 ލާރިއަށް ކުޑަކުރަން ހުށަހެޅުން

11 އޮކްޓޯބަރު 2023 - 06:35 0


ހުލާސާކޮށް އިއްޔެ: ޕްލާސްޓިކް ކޮތަޅުގެ ފީ 50 ލާރިއަށް ކުޑަކުރަން ހުށަހެޅުން

11 އޮކްޓޯބަރު 2023 - 06:35 0

ސިންގަލް ޔޫޫޒް ޕްލާސްޓިކް މަދުކުރަން އެޅި ފިޔަވަޅެއްގެ ގޮތުގައި ޕްލާސްޓިކް ކޮތަޅުން ނަގަން ފެށި ދެ ރުފިޔާގެ ފީ، 50 ލާރިއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިއްޔެ ހުށަހެޅުއްވި އެވެ.

ކޮތަޅު ފީ އެ ގާނޫނެއްގެ ދަށުން ނަގާ، ކުނި މެނޭޖްކުރުމުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ރާޝިދު ހުށަހެޅުއްވި ބިލަށް މަޖިލީހުގައި ކުރި ބަހުސްގައި ސަލީމް ވިދާޅުވީ ކޮތަޅު ފީ ތައާރަފު ކުރީ ރާއްޖޭގައި ތަކެތީގެ އަގު ބޮަޑުވި ވަގުތެއްގައި ކަމަށް ވުމުން އެ އަގު (އަގުގެ ބުރަ) އާންމުންނަށް މާ ބޮޑަށް އިހުސާސް ކުރެވުނު ކަމަށެވެ. ކޮތަޅުން ފީ ނަގާ ގޮތަށް ބަދަލުތަކެއް ގެންނަން ހުށަހަޅުއްވަނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ހުށަހެޅުއްވި ފުރަތަމަ ބަދަލަކީ ރޯމަސް އުފުލުމާއި ކުނިވާ ޒާތު ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުގައި އިސްތިސްނާ ހާލަތްތަކުގެ ގޮތުގައި ކަނޑައެޅުމެވެ. ދެވަނަ ބަދަލަކީ ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުރުމެވެ.

"ތިން ވަނަ ކަމަކަށް އަޅުގަނޑު ހުށަހަޅަނީ ކޮތަޅަކަށް ޗާޖްކުރެވޭ އަދަދު މިހާރަށް ވުރެ ދަށްކުރުން. އަަޅުގަނޑު ދެކޭ ގޮތުގަައި ފުރަތަމަ ފަހަރު 50 ލާރި ކޮތަޅަކަށް ނަގާ ގޮތަށް އޮތުން ރަނގަޅު،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ކޮތަޅަކަށް 50 ލާރި ނަގާ ގޮތަށް ބަދަލުކުރިޔަސް، ކޮތަޅުން ނަގާ ފީ އަހަރުން އަހަރަށް މުރާޖައާކުރާ ގޮތަށް ގާނޫނުގައި ކަނޑައެޅިދާނެ އެވެ. ކޮތަޅުން ނަގާ ފީ ތަކުރާރު ނުވާ ގޮތަށް، މިހާރު ޖީއެސްޓީ ނެގުމުގައި އަމަލުކުރާ އުސޫލު ކޮތަޅު ފީއަށް ލެވިދާނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނުގައި މިހާރު އެކަން އޮތް ގޮތުން، ހޯލްސޭލްކޮށް ކޮތަޅު ގަންނަ ވިޔަފާރިވެރިޔާ ވެސް ކޮތަޅަކުން ދެރުފިޔާ ދައުލަތަށް ދައްކަން ޖެހޭ އިރު، ފިހާރަތަކުން ވަކިިވަކިން ކޮތަޅު ގެންދާ މީހާ ވެސް ކޮތަޅަކަށް ދެ ރުފިޔާ ދައްކަން ޖެހެ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ވިލާ ކޮލެޖުގައި އިއްޔެ ފެށި ސައިކޮލޮޖީ ސިމްޕޯސިއަމްގައި، އެ ހަފުލާގެ ޝަރަފުވެރި މެހްމާން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ފޮތެއް ނެރެ ދެއްވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު