Advertisement

ވަގު ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

9 އޮކްޓޯބަރު 2023 - 18:07 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ވަގު ޑޮލަރު ބޭނުންކުރި ކަމަށް ބުނާ މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާނު ކުރި މީހާ


ވަގު ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

9 އޮކްޓޯބަރު 2023 - 18:07 0

ވަގު ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި ކަމަށް ބުނާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.

ފުލުހުން މިއަދު ވީޑިއޯއަކާއެކު ކުރި އިއުލާނެއްގައި ވަނީ ވަގު ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދަންބޭނުންވެ، އެމީހަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން ހޯދަމުންދާ މީހާ ފުލުހުން އާންމު ކުރި ވީޑިއޯއިން ފެނިގެންދެ އެވެ. ފުލުހުން މިއަދު އާންމު ކުރި ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ ވިޔަފާރިކޮށްފައި ވަނީ އިލެކްޓްރޯނިކްސް ފިހާރައަކުންނެވެ.

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމްޑި ޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދުނެވެ.