Advertisement

ޓީޗަރުންގެ ލައިސަންސަށް އޮންލައިންކޮށް އެދެވޭ ގޮތަށް ހަދައިފި

8 އޮކްޓޯބަރު 2023 - 16:21 0

ނިމާ ހަސަން

ނިމާ ހަސަން

ޓީޗަރުންނަށް ލައިސަންސް ދޫކުރަން ބޭނުންކުރާ އޮންލައިން ޕޯޓަލް އިފްތިތާހު ކުރުން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ


ޓީޗަރުންގެ ލައިސަންސަށް އޮންލައިންކޮށް އެދެވޭ ގޮތަށް ހަދައިފި

8 އޮކްޓޯބަރު 2023 - 16:21 0

ޓީޗަރުންގެ ލައިސަންސަށް އޮންލައިންކޮށް އެދެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ މުދައްރިސުން ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް އިފްތިތާހުކޮށްފަ އެވެ.

އެހެންކަމުން މިހާރު ވަންގަވް މެދުވެރިކޮށް އޮންލައިންކޮށް ރަޖިސްޓްރީވުމަށާއި, ލައިސަންސަށް އެދެވޭނެ އެވެ.

ދާދި ފަހުން އާންމުކުރި ޓީޗަރުންނަށް ލައިސަންސް ދިނުމުގެ ގަވާއިދު އެކުލަވާލީ މީގެ ދެ އަހަރު ކުރިން، އޮގަސްޓު 2021 ގައި އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި ވާގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޓީޗަރުން ރަޖިސްޓްރީކޮށް، ކިޔަވައިދިނުމުގެ ލައިސެންސެއް ދޫކުރަން ޖެހެ އެވެ.

ޓީޗަރުންނަށް ލައިސަންސް ދިނުމުގެ ގަވާއިދުގައި ވާގޮތުން ލައިސަންސް ނެގުމުން އިސްތިސްނާވަނީ ސްކޫލްތަކާއި ސްކޫލްތައް ނޫން ތަންތަނުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނާއި، ލެބް އެސިސްޓެންޓުންނާއި، ސަޕޯޓް ސްޓާފުންގެ އިތުރުން ޓީޗަރެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ ޓްރެއިނީންނެވެ.

މި ލައިސެންސް ދޫކުރަނީ އެކަމަށްޓަކައި މިނިސްޓްރީގައި ގާއިމުކޮށްފައިވާ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުންނެވެ. އެ ބޯޑުން ދޫކުރާ ލައިސަންސްގެ ބާވަތްތަކަކީ ޓީޗިން ލައިސަންސް, ސްކޫލް ލީޑާޝިޕް ލައިސަންސް އަދި ސްކޫލް ޕްރޮފެޝަންސް ލައިސަންސެވެ.