Advertisement

ފިނިކޮޓަރީގަ ނުތިބެން ޔާމީނު އެދުމުން އާދަމް ޝަރީފު ހަނދާންކޮށްދެއްވީ "މުޒާހަރާކޮށްގެން ޖަލަށްލީކަން"

5 އޮކްޓޯބަރު 2023 - 08:45 6

އަހުމަދު އާއިދު

އ

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނާއި އާދަމް ޝަރީފު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފައިލްފޮޓޯ


ފިނިކޮޓަރީގަ ނުތިބެން ޔާމީނު އެދުމުން އާދަމް ޝަރީފު ހަނދާންކޮށްދެއްވީ "މުޒާހަރާކޮށްގެން ޖަލަށްލީކަން"

5 އޮކްޓޯބަރު 2023 - 08:45 6

Advertisement

Advertisement

މަގާމުތައް ލިބުމުން ފިނި ކޮޓަރީގައި ތިއްބަވާ ހަނދާން ނެތޭ ބޭފުޅުން ގިނަ ކަމަށާއި އެގޮތަށް އެކަން ނުކުރައްވާ އެމަނިކުފާނު މިނިވަންކުރުމަށް މަގުމައްޗަށް ނުކުންނަވަން ކެރެންޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ރައްދު ދެއްވައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފާ އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ، ޔާމީން މިފަދައިން ވިދާޅުވީ އެ މަނިކުފާނު ދިރިއުޅުއްވާ ގެ، ހ. ދޫވެހި ކައިރިޔަށް ރޭ ފަރިވަޅެއް ހިފައިގެން އެއްވި ސަޕޯޓަރުންނާ މުހާތަބުކުރައްވާ ކުޑަދޮރު ކައިރީގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

Advertisement

ޔާމީނަށް ރައްދުދެއްވާ އާދަމް ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ޖަލުގައި އޮންނެވިއިރު ޕީއެންސީ އަދި ޕީޕީއެމުން މުޒާހަރާތަށް ރޭވުމުގައި ސަޕޯޓަރުންނާ އެއްކޮށް މަސައްކަތް ކުރެއްވި ކަމަށާއި ހުރިހާ މުޒާހަރާއެއްގައި އަމަލީ ގޮތުން ބައިވެރިވެލެއްވި ކަމަށެވެ.

"ދެ ފަހަރަށް ފުލުހުން ބަންދުކުރިމ އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތު ނުދީ، ކުރެވެންހުރި ހުރިހާ ކަމެއް ކުރީ ރައީސް ޔާމީން އާއި ޕާޓީ އާއި ގައުމުގެ ހައްގުގައި، އެ ހިތްވަރު އަދިވެސް ހުންނާނެ" ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ލިޔުއްވާފައިވެ އެވެ.

ޕީޕީއެމްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ޔާމީން ރޭ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވިދާޅުވީ އެ މަނިކުފާނު މިނިވަންކުރަން އެންމެ ބޮޑަށް މަސައްކަތް ކުރީ އާދައިގެ ރައްޔިތުން ކަމަށާއި ސަރުކާރު ބަދަލުކޮށް، ޕީޕީއެމް/ޕީއެންސީ އަށް ވެރިކަން ލިބުނީ އެ މަނިކުފާނާއި މެމްބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

Advertisement

"އިންސާނީ ތޮބީއަތުގައި ދެރަ ކަމަކަށް މި ވަނީ މަގާމުތަކަށް އައިމަ ހަނދާން ނެތޭތީ،" ވަކި ބޭފުޅެއްގެ ނަން ފާހަގަ ނުކުރައްވައި ޔާމީން ވިދާޅުވި އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެ މަނިކުފާނު ނިސްބަތް އިންތިހާބީ ސަރުކާރުގެ އިސް ވެރިންނަށެވެ.

މަގާމުތަކަށް އައުމުން ހަނދާން ނެތުމަކީ ދެރަ ކަމެއް: ޔާމީން

"އިންސާނީ ތޮބީއަތުގައި ދެރަ ކަމަކަށް މި ވަނީ މަގާމުތަކަށް އައިމަ ހަނދާން ނެތޭތީ،" ވަކި ބޭފުޅެއްގެ ނަން ފާހަގަ ނުކުރައްވައި ޔާމީން ވިދާޅުވި އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެ މަނިކުފާނު ނިސްބަތް އިންތިހާބީ ސަރުކާރުގެ އިސް ވެރިންނަށެވެ.

މަގާމުތަކަށް އައުމުން ހަނދާން ނެތުމަކީ ދެރަ ކަމެއް: ޔާމީން

"އިންސާނީ ތޮބީއަތުގައި ދެރަ ކަމަކަށް މި ވަނީ މަގާމުތަކަށް އައިމަ ހަނދާން ނެތޭތީ،" ވަކި ބޭފުޅެއްގެ ނަން ފާހަގަ ނުކުރައްވައި ޔާމީން ވިދާޅުވި އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެ މަނިކުފާނު ނިސްބަތް އިންތިހާބީ ސަރުކާރުގެ އިސް ވެރިންނަށެވެ.

މާފުށީ ޖަލުން މިދިޔަ އާދީއްތަ ދުވަހު ޔާމީން ގެއަށް ބަދަލުކުރީ ރިޔާސީ އިންތިހާބު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު ގައުމީ މަސްލަހަތަށްޓަކަ އެވެ. އިންތިހާބަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުއިއްޒުގެ ބައްދަލުވުން އާދީއްތަ ދުވަހު ރައީސް އޮފީހުގައި ހިނގަމުން ދިޔައިރު، ޔާމީން ހުންނެވީ އޭނާ މާލެ ގެނައުމުގެ ދަތުރުމަތީ، ލޯންޗުގަ އެވެ.

ޔާމީން މިނިވަންކުރުމަކީ މުއިއްޒުގެ ވައުދެކެވެ. އެންމެ ލަސްވެގެން ވެސް އެ މަނިކުފާނު ހުވާ ކުރައްވާ ދުވަސް ކަމުގައިވާ ނޮވެމްބަރު 17 ވަނަ ދުވަހު ޔާމީން މިނިވަން ކުރާނެ ކަމަށް މުއިއްްޒު ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، މި އިންތިގާލީ މަރުހަލާގައި އެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދަވަން ބޭނުންފުޅު ވާތީ، މުޒާހަރާ ނުކުރުމާއި އެެއްވުންތައް ނުބޭއްވުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ. ނަމަވެސް ޔާމީންގެ ސަޕޯޓަރުން ވަނީ ވޭތުދިޔަ ދެ ރޭ ވެސް ޔާމީން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާ ކޮށްފަ އެވެ.

Advertisement

50.00%

0.00%

16.67%

33.33%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ޒަރީރު

over 1 year ago

ބަލަ ދެން ވެރިކަން ޕާޓީއަށް ލިބުނީމަ އިސް ބޭފުޅުން ވަރަށް ބިޒީވާނެ ދޮގެ؟ ވެރިކަމާ ހަވާލުވާން ތައްޔަރުވެސް ވާން ޖެހޭނެ. އެހެންވީމަ މިވަގުތު މަގުމަތީ ތިބުން މުހިންމެއް ނޫންނެއްނު ތިހިރީ ގޭގައޭ. ދެން ކޮން ނެއްޓުމެއް ތި ނައްޓަނީ ޔާމީނޫ. އަބަދު ބޮޑާ ނުދައްކާ ޝުކުރުވެރިވެބަލަ

ހަރުބަސް

over 1 year ago

ދެން ތަންކޮޅެއް ކެއްތެރިވެސް ޔާމީނު ވާން އެބަ ޖެހޭ ދޯ. މިވަގުތަށް ކުރެވޭނެ ކަމަކީ ގެޔަށް ބަދަލުކުރުން. އެކަން ކޮއްފި. ދެން މިނިވަންވާނީ ކޯޓު ޕްރޮސެސްތެރެއިން ދޯ. މާ ދަގައްޑާކާ ނުދައްކާ މަޑުމަޑުން ހުރެބަލަ އިހަށް.

މަަގޭބުނޫ

over 1 year ago

މީ މަގޭބުނި ވާހަކަ..، މީނަ ހަމަ ބާއްވަންވީ ޖަލުގަ. ދައުލަތުން ވައްކަން ކޮށް އަމިއްލައަށް އެކައުންޓަށް ލާރިގަނޑު ޖަމާކުރީމަ އަދި އެހެންމީހުންތަ މީނަ ސަލާމަތްކުރަން ނިކުންނަންވީ، މުއިޒުވެރިކަމަށް އަންނަން އުޅުނީމަ ކުރި ޖެއްސުން ވާރަށް ގާތުން ދުންމީހެއް މަށަކީވެސް، އެއްފަހަރު ބޯއިކޮޓް، އަނެއްފަހަރު ބާޒުވަހީދު، އަނެއްފަހަރު ފަޔަށް ބަޑިޖެހުން...، މީ ރައްޔިތުން މުއިޒު އަށް ދިންވޯޓެއް، ޔާމީން ހީނުކުރާތި މީ ޔާމިންގެ ހިޔަނި ބޭނުންކޮށްގެން ހޯދި ވޯޓެކޭ،

މަލާ

over 1 year ago

މުއިއްޒުއަށް ވެރިކަން ލިބުނީ ޔާމީން ކޮންކަމެއް ކުރައްވައިގެންތޯ؟ ފުރަތަމަ ބުރުގަ ވޯޓްވެސް ނުލާ. ކޮންމެ ޕޯޑިޔަމަކަށް ވާހަކަ ދައްކަން އަރާ ޔާމިން މިނިވަންކުރުމަށް ގޮވާ ލެއްވި. އިންތިހާބުވިތާ 24 ގަޑިއިރުތެރޭ ގެޔަށް ބަދަލުވެގެން ދިޔަ. އެކަމަކު އެއްކޮށް މިނިވަންވާނީ އޮންނަ އުސޫލުންތާ. ވަރަށް އިޚުލަސްތެރިކަމާ އެކު މުއިއްޒު އެވާހަކަ ދެއްކި. ޔަމިން ތިވައްތަރު ޖައްސައިގެންވޕީޕީއެމްއަށް ދޭނެ ވޯޓެއްނެތް. ސޮރީ .

ކަނީސާ

over 1 year ago

ތިޔައީ ބޮޑު ދޮގެއް ޕާރޓިގެ ފަރާތުން އެކަމާ ނޫޅުނު ނަމަ އާއްމު މެމްބަރުން އަޅާވެސް ނުލީސް އަދުރޭމެން އާދަމް ޝަރީފް ސަޢީދު މެން ކުރި މަސައްކަތުން އާއްމު މެމްބަރުންވެސް މަގުތަކަށް ނުކުތީ

ާައަޙްމަދު

over 1 year ago

ޔާމީން ބޮޱާހާކަން އަދިނުވޭ.