Advertisement

ނަސޭހަތް ދެއްވުމުން ވެސް ރޮޒައިނާ މަޖިލީހުގެ ރިޔާސަަތާ މުހާތަބު ނުކުރެެއްވި

4 އޮކްޓޯބަރު 2023 - 14:07 21

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ނަސޭހަތް ދެއްވުމުން ވެސް ރޮޒައިނާ މަޖިލީހުގެ ރިޔާސަަތާ މުހާތަބު ނުކުރެެއްވި

4 އޮކްޓޯބަރު 2023 - 14:07 21

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ވާހަކަދައްކަވާ އިރު "އިއްޒަތްތެެރި ރައީސް" މިހެން ވިދާޅުވެ ރިޔާސަތާ މުހާތަބުކޮށް ވާހަކަ ފަށްޓަވަން ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި އޮވެ އެވެ.

މިއަދުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް "އިއްޒަތްތެރި ރައީސް" ވިދާޅުނުވެ ވާހަކަ ދެއްކެވުމުން ރިޔާސަަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނަސޭހަތްތެރި ވެވަޑައިގެންނެވުމުން ވެސް ވާހަކަ ކުރިއަށް ގެންދެވީ އެގޮތަށް މުހާތަބު ނުކޮށެވެ.

އޭގެ ބަދަލުގައި ރޮޒައިނާ ތެދުވެވަޑައިގެން ވާހަކަ ފެށްޓެވީ މިއަދު ބަހުސްކުރަމުން ގެންދާ ބިލުުގެ ވާހަކައިންނެވެ.

"އިއްޒަތްރި މެމްބަރު އަޅުގަނޑު ދަންނަވައިލަން ޖެހޭނީ އިއްޒަތްތެރި މެމްބަރު ކިތަންމެ ކޯފާ ވިޔަސް، ރުޅި ދުރުވިޔަސް މަޖިލީހުގެ ރިޔާސަތަށް ތިޔަ ބޭފުޅާ އެޑްރެސްކުރައްވަން ޖެހިވަޑައިގަންނަވާނެ،" ރޮޒައިނާ އެގޮތަށް ވާހަކަ ކުރިއަށް ގެންދަވަން ފެށްޓެވުމުން ރިޔާސަތުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމުން ވެސް ރޮޒައިނާ ދެވަނަ ފަހަރަށް ވެސް ވާހަކަ ފެށްޓެވީ ރިޔާސަތާ މުހާތަބު ނުކުރައްވަ އެވެ.

"އިއްޒަތްތެރި މެމްބަރު އަޅުގަނޑަށް ފުރުސަތު ދެވޭކަށް ނެތް. މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތަވަން ޖެހޭނެ. އިއްޒަތްތެރި މެމްބަރު އެޑްރެސްކުރައްވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ރައީސާ. އެހެންވީމާ [ވާހަކަ] ފަށްޓަވަން ޖެހޭނީ އިއްޒަތްތެރި ރައީސް ކިއުއްވާފައި،" ރޮޒައިނާ އެގޮތަށް ކަންތައް ކުރެއްވުމުން ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން ވެސް ރޮޒައިނާ ވާހަކަ ކުރިއަށް ގެންދެވީ ރިޔާސަތާ އެޑްރެސް ނުކުރައްވަ އެވެ.