Advertisement

ނިޒާމީ ވޯޓަކަށް ދާން މިހާރު އޮތް ގަރާރު ނުފުދޭ، އިތުރު ގަރާރެއް ފާސްކުރަން ޖެހޭނެ: އީސީ

3 އޮކްޓޯބަރު 2023 - 05:54 1

އަހުމަދު އާއިދު

އ

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު : ނިޒާމީ ވޯޓަކަށް ދާން މިހާރު އޮތް ގަރާރު ނުފުދޭ، އިތުރު ގަރާރެއް ފާސްކުރަން ޖެހޭނެ ކަމަށް އީސީއިން ވަނީ އަންގާފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ނިޒާމީ ވޯޓަކަށް ދާން މިހާރު އޮތް ގަރާރު ނުފުދޭ، އިތުރު ގަރާރެއް ފާސްކުރަން ޖެހޭނެ: އީސީ

3 އޮކްޓޯބަރު 2023 - 05:54 1

Advertisement

Advertisement

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު އަލުން ކަނޑައަޅަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ގަރާރު ނުފުދޭ ކަމަށާއި އިތުރު ގަރާރެއް ފާސްކުރަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޖިލީހަށް އަންގައިފި އެވެ.

ނިޒާމީ ވޯޓު ނެގުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ އީސީއިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން ރައްޔިތުން މަޖިލީހުން މި ވޯޓާ ބެހޭގޮތުން އެކުލަވާލައިފައިވާ މައުލޫމާތު ކަރުދާހާއި ވޯޓު ކަރުދާހުގައި އޮންނަންވީ ސުވާލުގެ ފުރިހަމަ އިބާރާތް ވާންވާނީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރަކަށެވެ.

Advertisement

"ވޯޓު ނެގުން ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ކުރިއަށް ގެންދިޔުމަށްޓަކައި، އަންނަނިވި ކަންކަން ލިޔުމުން ޙިއްސާކޮށްދެއްވުން އެދެން.. 1. ވޯޓު ކަރުދާހުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސުވާލުގެ އިބާރާތް އޮންނަންވީ ގޮތް، 2. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު ނުވަތަ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާސް" އީސީގެ ސިޓީގައި ލިޔެފައިވެ އެވެ.

އެކަން މިއަދު ހިނގަމުންދާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވެސް ހިމަނާފައިވާކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖަލްސާ ފެށުމުގެ ގޮތުން އިއުލާންކުރައްވާފަ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް މި މަހުގެ 30، ގެ ކުރިން ނެގުމަށް މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް އީސީއިން މިހާރު ވަނީ އެކަމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް މަޖިލީހަށް އަންގާފަ އެވެ.

Advertisement

ފެންނަ ނުފެންނަ ވޯޓުގައި ޑިމޮކްރެޓްސްއަށް އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓު ވެސް މުހިންމުވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، ރިޔާސީ އިންތިހާބު ކާމިޔާބުކުރި ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓު، އިންތިހާބީ ރައީސް ޑރ. މުއިއްޒު އަދި އިންތިހާބު ނާކާމިޔާބުވި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރާގުވެސް ހުރީ ނިޒާމީ ވޯޓާ އިދިކޮޅަށެވެ.

އީސީން އެދުނީ ނިޒާމީ ވޯޓަށް ތައްޔާރުވާން އިތުރު ވަގުތު ދޭން

ނިޒާމީ ވޯޓުގައި ރައްޔިތުންނަށް ހުށަހަޅާނެ ސުވާލުގެ އިބާރާތާއި އެ ވޯޓާ ގުޅޭ މައުލޫމާތު ކަރުދާހެއް ފޮނުވައިދޭން ވެސް ސިޓީގައި އެ ކޮމިޝަނުން އެދިފައިވެ އެވެ.

އީސީން އެދުނީ ނިޒާމީ ވޯޓަށް ތައްޔާރުވާން އިތުރު ވަގުތު ދޭން

ނިޒާމީ ވޯޓުގައި ރައްޔިތުންނަށް ހުށަހަޅާނެ ސުވާލުގެ އިބާރާތާއި އެ ވޯޓާ ގުޅޭ މައުލޫމާތު ކަރުދާހެއް ފޮނުވައިދޭން ވެސް ސިޓީގައި އެ ކޮމިޝަނުން އެދިފައިވެ އެވެ.

ނިޒާމީ ވޯޓާމެދު އެމްޑީޕީއިން ގޮތެއް ނިންމުމަށް ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާ މިރޭ 8:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ ކުރިން 2007 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އޭރު އެމަނިކުފާނު ލީޑުކުރައްވަމުން ގެންދެވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ނަޝީދުގެ ވެރިކަމުގައި ވެސް ނިޒާމު ބަދަލު ކުރުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައިވެ އެވެ.

ވެރިކަމުގެ ނިޒާމުގެ ބަދަލުތަކުގެ ވާހަކަ 2018 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކަމުގެ ހިޔާލު ތަފާތުވުން ހުރުމުން ކޯލިޝަންގެ މެނިފެސްޓޯގައި އެ ކަން ހިމަނާފައެއް ނުވެ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، އެމަނިކުފާނާއި އެމްޑީޕީގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ބޭނުންވީ ރިޔާސީ ނިޒާމު މި ގޮތުގައި ބޭއްވުމަށެވެ. ރައީސް ސޯލިހާއި، ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ތެރޭގައި ހިމެނޭ އެއް ކަމަކީ ވެސް ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ބިމްބަން

over 1 year ago

މުއިއްޒު ރައީސަކަށް ބޮޑުވަޒީރަކަށް ޔާމީނު ގެނެވޭނެ. ސަބަބަކީ ދެން އޮންނަ މަޖިލިހުގެ ގިނަގޮނޑި ނަގާނީ ސަރުކާރު އޮންނަ ބައެއް