2 އޮކްޓޯބަރު 2023 - 16:57 0
މުހައްމަދު ޖަމްޝަތު ވަހީދު
މާލޭގައި ހުޅުވި ވިލާމާޓްގެ ފަސްވަނަ ފިހާރަ. މި ފިހާރަ ހުންނާނީ ކާސިންޖީ މަގުގައި--- ފޮޓޯ: ވިލާ ޓްރޭޑިން
2 އޮކްޓޯބަރު 2023 - 16:57 0
ރާއްޖޭގައި ފުޅާދާއިރާގައި ހޯލްސޭލް އަދި ރީޓެއިލް ވިޔާފަރި ކުރަމުން އަންނަ ވިލާ ޓްރޭޑިން ކުންފުނީގެ "ވިލާ މާޓް" ގެ ފަސް ވަަނަ ފިހާރަ މާލޭގައި ހުޅުވައިފި އެވެ.
ކާސިންޖީ މަގުގައި ވިލާ މާޓް އިން އަލަށް ހުޅުވި މި ފިހާރައިން އެ ކުންފުނީގެ މައިގަނޑު ވިޔަފާރީގެ ގޮތުގައި ފާހަގަކޮށްލެވޭ ޕްރޮޑަކްތައް ހެޔޮ އަގެއްގައި ލިބިގެން ދާނެ އެވެ. އޭގެ ތެރޭގައި ކޮސްމެޓިކްސް އާއި އެހެނިހެން ހައުސް ހޯލްޑް އައިޓަމްތަކާއި ކޮލިޓީ ރަނގަޅު ކާނާ އާއި ބުއިންތައްވެސް ހިމެނެ އެވެ.
މާލޭގައި ހުޅުވި ވިލާ މާޓުގެ ފަސްވަނަ ފިހާރަ. މި ފިހާރަ ހުންނާނީ ކާސިންޖީ މަޖުގައި---- ފޮޓޯ: ވިލާ ޓްރޭޑިން
ވިލާ މާޓް އިން ހާމަކުރި ގޮތުގައި އެކުންފުނީގެ އަމާޒަކީ މި ޕްރޮޑަކްޓްތައް ކަސްޓަމަރުން އެންމެ ބޭނުންވާ މިންގަނޑާއި އެއްގޮތަށް ފޯރުކޮށްދޭ ޑިސްޓްރިބިއުޓަރުންގެ ތެރޭގައި ހިމެނުމެވެ.
ވިލާ މާޓް ފިހާރަތަކަކީ ވިލާ ޓްރޭޑިން ގެ ދަށުން ހިންގާ ރީޓެއިލް އައުޓްލެޓްތަކެވެ. ޖެނެރަލް ޓްރޭޑިން އަށް ހާއްސަކޮށް އެ ކުންފުނި އުފެއްދީ 13 ޖެނުއަރީ 2021 ގަ އެވެ.
ވިލާ މާޓްގެ ފިހާރަަތައް މިހާރު މާލެ ސަރަހައްދުގައި ވަރަށް ހިނގައެވެ. މިގޮތުން އެ ކުންފުނީގެ ހަތަރު ފިހާރައެއް މާލޭގައި ހިންގަމުންދާއިރު، ހުޅުމާލެ ފޭސް ދޭއްގައިވެސް ބޮޑު ފިހާރައެއް އަންނަނީ ހިންގަމުންނެވެ.
އޭގެ އިތުރުން ވިލާ މާޓްއިން މިހާރު ވަނީ ވިޔަފާރީ ކުރުމަށް ފަސޭހަ ގޮތްތަކެއްވެސް ތައާރަފުކޮށްފަ އެވެ. މިގޮތުން ވިލާމާޓް ވެބްސައިޓް ނޫނީ އެޕްލިކޭޝަން މެދުވެރިކޮށް އެ ކުންފުނިން ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ބަލާލެވޭއިރު، އޮންލައިންކޮށް ޝޮޕިން ކޮށްލެވުމުގެ އިތުރުން، ޑެލިވަރީ ހިދުމަތްވެސް ދެމުންގެންދާކަން ފާހަގަކޮށްލެވެ އެވެ.
Comment