Advertisement

ޑެޕިއުޓީ މޭޔަރު ނަރީޝް, މިނިސްޓަރު އިމްރާނަށް އިންޒާރު ދިންކަމަށް އަދާލަތު ޕާޓީން ބުނެފި

30 ސެޕްޓެންބަރު 2023 - 14:45 0

ނިމާ ހަސަން

ނިމާ ހަސަން

ހޯމް މިނިސްޓަރު އިމްރާން; މާލޭގެ ޑެޕިއުޓީ މޭޔަރު އޭނާއަށް އިންޒާރު ދިން ކަމަށް ތުހުމަތު ކޮށްފައިވޭ -- ފޮޓޯ: ޝާބިން/ އަދަދު


ޑެޕިއުޓީ މޭޔަރު ނަރީޝް, މިނިސްޓަރު އިމްރާނަށް އިންޒާރު ދިންކަމަށް އަދާލަތު ޕާޓީން ބުނެފި

30 ސެޕްޓެންބަރު 2023 - 14:45 0

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް, ހޯމް މިނިސްޓަރު އިމްރާން އަބްދުالله އަށް އިންޒާރު ދިން ކަމަށް ތުހުމަތުކޮށްފި އެވެ.

އިމްރާން ރައީސްކަން ކުރައްވާ އަދާލަތު ޕާޓީން މިއަދު ބުނީ ގިޔާސުއްދީން ސްކޫލުގައި ހުރި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަނިކޮށް ނަރީޝް ގޮސް, އިމްރާނާ ދިމާލަށް އަވަގުރާނަގޮވާ އަޑުގަދަކޮށް އިންޒާރު ދީފައިވާ ކަމަށެވެ.

އަދާލަތު ޕާޓީގެ ޓުވީޓު


އަދާލަތު ޕާޓީން ބުނީ, ރެއިންފެށިގެން އެފަދަ ބިރުދެއްކުމުގެ ކަންކަން, އިދިކޮޅު ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޓީމުން ހިންގަމުންދާ ކަމަށެވެ. އެ ޕާޓީން ވަނީ ބިރުދެއްކުމުގެ އަމަލުތައް ހުއްޓާލުމަށް ގޮވާލާފަ އެވެ.

ނަމަވެސް ނަރީޝް ވަނީ އަދާލަތުން ކޮށްފައިވާ އެ ތުހުމަތު ދޮގުކުރައްވާފަ އެވެ. ނަރީޝް ވިދާޅުވީ އެތައް ބަޔަކު ތިބިތަނެއްގައި ނުހިނގާ ކަމެއް ހިނގި ކަމަށް ދައްކަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ކަނޑައެޅިގެން ބުހުތާނު ދޮގެއް! އެތައް ރައްޔިތުން ތަކެއް ތިބި ތަނެއްގައި ނުހިނގާ ކަމެއް ހިނގި ކަމަށްދައްކަން މަސައްކަތް ކުރުމަކީ އިންތިހާބުން ބަލިވެއްޖެ ކަން ކަށަވަރުވެ ޔަގީން ވާކަމެއް!" ނަރީޝް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މިއަދު ކުރިއަށް ދާއިރު, ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ވަނީ ވާދަވެރި ކެމްޕޭނެއް ކޮށްފަ އެވެ. އިންތިހާބު ފޯރީގައި މިއަދު އެމްޑީޕީއަށް ނިސްބަތްވާ ދެ މަޖިލިސް މެންބަރަކަށް ވެސް ބަޔަކު ހަމަލާ ދީފައިވެ އެވެ.

އެގޮތުން, އިއްޒުއްދީން ސްކޫލު ކައިރީގައި ހުންނަ މަންހަޓަން ބިޒްނަސް ހޮޓެލްތެރޭގައި ހުންނަވަނިކޮށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ބަޔަކު ހަމަލާދީފައި ވެއެވެ. އަދި ސ. ފޭދޫގައި ހުންނަވަނިކޮޮށް, ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ވެސް ވަނީ ހަމަދީފަ އެވެ. ނަމަވެސް ދެ މެންބަރުންނަށް ވެސް މާ ބޮޑެތި އަނިޔާތަކެއް ނުވެ އެވެ.