Advertisement

އެމްޑީޕީއަށް ނާކާމިޔާބުވި ގޮތް ބަލަން ކުރާ ދިރާސާއަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެމްޑީޕީއަށް ދިމާވި ނާކާމިޔާބީ ދެނެގަންނަން ހަދާ ދިރާސާއަށް ހިޔާލު ހުށަހަޅަން ވަނީ ހުޅުވާލާފައި -- ފޮޓޯ: މިރާން ނާޝިމް / އަދަދު


އެމްޑީޕީއަށް ނާކާމިޔާބުވި ގޮތް ބަލަން ކުރާ ދިރާސާއަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަދި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބުވި ގޮތް ދެނެގަތުމަށް ކުރާ ދިރާސާއަށް ހިޔާލު ހުށަހަޅަން މިއަދު ހުޅުވާލައިފި އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ނުވަ ވަނަ ބައްދަލުވުމުގައި ވަނީ ދިރާސާކުރާ ކޮމިޓީ އުފައްދައި، ދިރާސާއަށް މައުލޫމާތު އަދި ހިޔާލު ދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައި ކަމަށެވެ.

މިގޮތުން ދިރާސާއަށް ހިޔާލު ހުށަހަޅަން އަދި މައުލޫމާތު ދޭން ބޭނުންވާ މީހުން [email protected] އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެމްޑީޕީއަށް ނިމިދިޔަ ބޮޑު ދެ އިންތިހާބުން ނާކާމިޔާބުވި ސަބަބު ދެނެގަތުމަށް ދިރާސާއެއް ހަދަން ނިންމީ މެއި، 2 ގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ވަނީ ދިރާސާއެއްގެ އިތުރުން މަގު ޗާޓެއް އެކުލަވާލުމަށް ވެސް ފާސްކޮށްފަ އެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ދެވަނަ ރިޔާސީ ދައުރެއް ނުލިބު ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހުނެވެ. އެއަށްފަހު ޖެހިގެން އައި މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް ލިބުނީ 12 ގޮނޑި އެވެ.