30 ސެޕްޓެންބަރު 2023 - 14:12 1
މުހައްމަދު ޖަމްޝަތު ވަހީދު
30 ސެޕްޓެންބަރު 2023 - 14:12 1
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާ ދީފި އެވެ.
ނިހާދަށް ހަމަލާދީ އަނިޔާކޮށްފައިވާ ކަން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ "އަދަދު"އަށް ކަށަވަރު ކޮަށްދެއްވައިފަ އެވެ.
ނިޒާރު ވިދާޅުވީ އެ ހަމަލާގައި ނިހާދަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެ ހަމަލާ ދިނީ ކޮންބައެއް ކަމެއް އަދި ކީއްވެ ކަމެއް އަދި ސާފު ނުވާ ކަމަށެވެ. އަދި ނިހާދު އާ ފޯނުން ނުގުޅޭތީ އިތުރު ތަފްސީލެއް އެނގިވަޑައިނުގަންނަވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާތީ ނިހާދު ހުންނެވީ ސ. ފޭދޫގަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ އަޅާ ބަލާއިރު ދެވަނަ ބުރުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު އިތުރެވެ. ޖުމްލަ ގޮތެއްގައި ހުރިހާ ހިސާބެއްގައިވެސް ވޯޓުލުމުގެ ކަންތައް އަމާންކަމާ އެކު ކުރިއަށްދިޔަ ނަމަވެސް ވޯޓު ކަރުދާސް ދެއްްކުމާއި ފޮޓޯ ނެގުމުގެ މައްސަލަތައް މަދުން ނަމަވެސް ބައެއް ރަށްރަށުން ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
Comment