Advertisement

ވޯޓު ކަރުދާހުގައި ކުރެހިކަމަށް ބުނާ މައްސަލައެއްގައި ފޮނަދޫ ފޮއްޓެއްގެ ވޯޓުލުން މެދުކަނޑާލައިފި

30 ސެޕްޓެންބަރު 2023 - 11:16 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފޮނަދޫގައި ވޯޓު ކަރުދާހުގައި ކުރެހި މައްސަލައެއް ފެންމަތިވެއްޖެ -- ފޮޓޯ: މޫސާ ސިރާޖް


ވޯޓު ކަރުދާހުގައި ކުރެހިކަމަށް ބުނާ މައްސަލައެއްގައި ފޮނަދޫ ފޮއްޓެއްގެ ވޯޓުލުން މެދުކަނޑާލައިފި

30 ސެޕްޓެންބަރު 2023 - 11:16 0

ވޯޓުލުމުގެ ކުރިން ވޯޓު ކަރުދާހުގައި ކުރަހާފައިވާކަމަށް ބުނާ މައްސަލައެއްގައި ލ. ފޮނަދޫ ތިން ނަމްބަރު ވޯޓު ފޮށީގެ ވޯޓުލުން މެދުކަނޑާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފޮނަދޫގައި ވޯޓު ކަރުދާހުގައި ކުރެހި މައްސަލައެއްގައި ވަގުތީގޮތުން ވޯޓުލުން ހުއްޓާލާފައިވާކަމަށެވެ. އަދި މައްސަލަ ހައްލުކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވަނީ މި މައްސަލައާއި ގުޅިގެން ހަމަނުޖެހުން އުފެދިފައިވާތަން ފެންނަ ވީޑިއޯއެއް ޓްވިޓާގައި ހިއްސާ ކުރައްވާފަ އެވެ.

ޓްވީޓުގައި އޭނާ ވިދާޅުވީ ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮށީގައި ދޫކުރި ތިން ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއް ފެންމަތި ވެފައިވާކަމަށެވެ. އަދި ވޯޓު ބާތިލު ކުރަން މިފަދަ ކަންތައް އެހެން ފޮށިތަކުގައި ކުރިޔަށްދޭތޯ ފާރަވެރިވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިފަހުން 10:00 އާއި ހަމައަށް 65،600 މީހުން ވޯޓުލާފައިވާކަމަށް އީސީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،804 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 409 ޒުވާނުން ހިމެނެ އެވެ.