Advertisement

ފޯރިގަދަ ހިނގާލުމަކަށް ފަހު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭން ނިންމާލައިފި

29 ސެޕްޓެންބަރު 2023 - 17:59 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

މިއަދު ހަވީރު މާލޭގައި އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީން ބޭއްވި ހިނގާލުންތައް: ދެ ހިނގާލުމުގައި ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި -- ފޮޓޯ: އަދަދު


ފޯރިގަދަ ހިނގާލުމަކަށް ފަހު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭން ނިންމާލައިފި

29 ސެޕްޓެންބަރު 2023 - 17:59 0

ފޯރިގަދަ ހިނގާލުމަކަށް ފަހު، ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނު ނިންމާލައިފި އެވެ.

މިއަދު އިރުއޮއްސި 6:00 އަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ނިންމާލަން ޖެހޭއިރު، އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގެ އެންމެ ފަހު ހަރަކާތް ހަވީރު ވަނީ ބާއްވައިފަ އެވެ.

ދެ ޕާޓީން ވެސް ކެމްޕެއިން ނިންމާލާފައި ވަނީ މާލެއާއި އަތޮޅު ތެރޭގައި ބޭއްވި ހިނގާލުމަކާއެކު އެވެ.

މާލޭގައި ދެ ޕާޓީން ބޭއްވި ހިނގާލުމުގައި ވެސް ރިޔާސީ ކެންޑިޑޭޓުންނާއި ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. ދެ ހިނގާލުމުގައި ވެސް ގިނަ އަދަދެއްގެ އާންމުން، ޕާޓީތަކުގެ ކުލައާއި ދިދަތަކާއެކު ޝުއޫރުފާޅުކުރަމުން ދިޔަ އެވެ.

މާލޭގެ އިތުރުން އާބާދީ ބޮޑު ބައެއް ރަށްތަކުގައި ވެސް މިއަދު ހަވީރު ސައިކަލު ބުރު ފަދަ ހަރަކާތްތައް ކުރިއަށްދިޔަ އެވެ.

މާލޭގަައި އެމްޑީޕީން ބޭއްވި ހިނގާލުން ނިންމާލީ އުސްފަސްގަނޑަށެވެ. ޕީޕީއެމް/ޕީއެންސީގެ ހިނގާލުން ނިންމާލީ އާޓިފިޝަލް ބީޗަށެވެ. ދެ އެއްވުމުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.