Advertisement

އުމަރުގެ ރަނިންމޭޓު މާޒް ސަލީމްގެ ތާއީދު ރައީސް ސޯލިހަށް

28 ސެޕްޓެންބަރު 2023 - 18:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިއަދުގެ ކެމްޕޭން ހަރަކާތުގެ ތެރެއިން އުމަރުގެ ރަނިންމޭޓު މާޒް ސަލީމް ރައީސް ސޯލިހާއެކު - ފޮޓޯ: މިރާން ނާޝިމް / އަދަދު


އުމަރުގެ ރަނިންމޭޓު މާޒް ސަލީމްގެ ތާއީދު ރައީސް ސޯލިހަށް

28 ސެޕްޓެންބަރު 2023 - 18:15 0

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައައި އަމިއްލަ ގޮތުން ވާދަކުރައްވައި ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އުމަރު ނަސީރުގެ ރަނިންމޭޓު އަހުމަދު ސަލީމް (މާޒް ސަލީމް)، އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.

ރައީސަށް ތާއީދުކުރައްވައި ރިޔާސީ ކެމްޕޭނާ ސަލީމް ގުޅިލެއްވީ މިއަދު ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ. އޭނާއަކީ މީގެ ކުރިން ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާގެ އިތުރުން އެމްޑީޕީ ކޯލިޝަން ދޫކޮށް އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމި އެމްޑީއޭގެ ބައެއް އިސް ބޭފުޅުންވެސް މިއަދުގެ ހަރަކާތުގައި ބައިވެރިވެފައިވެ އެވެ.

ސަލީމް، ރައީސަށް ތާއީދުކުރެއްވި ނަމަވެސް ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް އުމަރު ވަނީ ނިންމަވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު އޮންނައިރު، ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބުނީ ދެވަނަ އެވެ. ކުރީގައި އިދިކޮޅު ކެންޑިޑޭޓު މުއިއްޒު އުޅުއްވާއިރު، ތިންވަނައަށް ދިޔަ ޑިމޮކްރެޓްސް، ހަތަރުވަނައަށް ދިޔަ އުމަރު އަދި ފަސްވަނައަށް ދިޔަ ޖޭޕީއިންވެސް ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރާން ނިންމާފަ އެވެ.