Advertisement

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ސިނާން އެމްޑީޕީއަށް

28 ސެޕްޓެންބަރު 2023 - 17:14 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ސިނާން އެމްޑީޕީއަށް ސޮއިކުރައްވައި، މެމްބަޝިޕް ފޯމް، ޗެއާޕާސަން ފައްޔާޒު އިސްމާއީލްއާ ހަވާލު ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ


ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ސިނާން އެމްޑީޕީއަށް

28 ސެޕްޓެންބަރު 2023 - 17:14 0

ރައްޔިތުން މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ސިނާން، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

ސިނާން އެމްޑީޕީއަށް މި ސޮއިކުރެއްވީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންފައި ވަނިކޮށެވެ. ސިނާން ވަނީ 2021 ގެ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ކެމްޕޭނުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ސިނާން ކުރިމަތިލެއްވީ ޕީޕީއެމުންނެވެ. އަދި، އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެރިކަން ކުރާ ޕާޓީ ދޫކުރުމުގެ ސަބަބުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.

އެހެންވެ، ރިޝަވަތު ހިފައި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާކޮށް، އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށްލި އެވެ. އޭނާ މިނިވަންވީ 2018 ގެ އިންތިހާބުން ޔާމީނަށް ގެއްލުނު ފަހުންނެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހަށް އަމިއްލަ ގޮތުން ސިނާން ވާދަކުރެއްވި އެވެ. ނަމަވެސް އެ އިންތިހާބު ކާމިޔާބެއް ނުވި އެވެ.

އެމްޑީޕީއާ ސިނާނު ގުޅިވަޑައިގަތީ، އެމްއެންޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް އެ ޕާޓީއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށް ފަހު އެވެ.