Advertisement

އާބަންކޯ މުއައްޒަފުންގެ ދަރިން ބަލަހައްޓާނެ "ޗައިލްޑްކެއާ ސްޕޭސް" ހުޅުވައިފި

26 ސެޕްޓެންބަރު 2023 - 15:02 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އާބަންކޯގެ ޗައިލްޑް ކެއާ ސްޕޭސް ހުޅުވުން -- ފޮޓޯ: ރައީސް އޮފީސް


އާބަންކޯ މުއައްޒަފުންގެ ދަރިން ބަލަހައްޓާނެ "ޗައިލްޑްކެއާ ސްޕޭސް" ހުޅުވައިފި

26 ސެޕްޓެންބަރު 2023 - 15:02 1

އާބަންކޯގެ މުވައްޒަފުން މަސައްކަތް ކުރާ ވަގުތު ދަރިން ބަލަހައްޓާނެ "ޗައިލްޑްކެއާ ސްޕޭސް" އެއް ހުޅުވައިފި އެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ އާބަންކޯގެ ހެޑް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަބިކަނބަލުން ފަޒްނާ އަހްމަދެވެ.

މި ޗައިލްކެއާ ސެންޓަރު ތަރައްގީކޮށްފައިވަނީ އާބަންކޯ ހެޑް އޮފީހުގެ ދެ ވަނަ ފަންގިފިލާގަ އެވެ.

އާބަންކޯ ޗައިލްޑްކެއާ ސްޕޭސް ހާއްސަކޮށްފައި ވަނީ އުމުރުން ތިން އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ. މިގޮތުން އާބަންކޯގެ މުވައްޒަފުންގެ ދަރިން، ދޮންދަރިން އަދި ގާނޫނީ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން އޮފީހުގެ މަސައްކަތު ގަޑީގައި އެތަނުގައި ބަލަހައްޓައިދޭނެ އެވެ.

އާބަންކޯގެ ޗައިލްޑް ކެއާ ސްޕޭސް -- ފޮޓޯ: ރައީސް އޮފީސް


މި ޗައިލްޑްކެއާ ސްޕޭސްގައި ކުދިން ބަލަހައްޓާނީ ތަމްރީނުކޮށްފައިވާ ތިން މުވައްޒަފުން ކަމުގައި އާބަންކޯއިން މައުލޫމާތުދެ އެވެ. އަދި "ޗައިލްޑްކެއާ ސްޕޭސް" ގައި ކުޑަކުދިން ބެލެހެއްޓުމުގެ ހިދުމަތަކީ އާބަންކޯގެ މުވައްޒަފުންނަށް ހިލޭ ފޯރުކޮށްދޭ ހިދުމަތެކެވެ.

މުވައްޒަފުންގެ މަސައްކަތުގަޑީގައި މުވައްޒަފުންގެ ދަރިން ރައްކާތެރި މާހައުލެއްގައި ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައިދީ، މުވައްޒަފުންނަށް ހާސްކަމެއް ނެތި މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަކީ، މިސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.