Advertisement

ނެދަލޭންޑްސްގައި ޤުރުއާން ވީދާތީ ރާއްޖޭން އެކަން ކުށްވެރިކޮށްފި

25 ސެޕްޓެންބަރު 2023 - 22:40 0

ފޮރިން މިނިސްޓްރީގެ އިމާރާތް. ނެދަލޭންޑްސްގައި ޤުރުއާން ވީދާތީ ފޮރިން މިނިސްޓްރީން މިއަދު ބަޔާނެއް ނެރުނު. ފައިލް ފޮޓޯ/އަދަދު


ނެދަލޭންޑްސްގައި ޤުރުއާން ވީދާތީ ރާއްޖޭން އެކަން ކުށްވެރިކޮށްފި

25 ސެޕްޓެންބަރު 2023 - 22:40 0

ނެދަލޭންޑްގެ ވެރިރަށް ދަ ހޭގްގައި ހުރި އިސްލާމީ ބައެއް ގައުމުތަކުގެ އެމްބަސީ ކުރިމަތީ އެތަނުގެ ހަރުކަށި ލީޑަރަކު ޤުުރުއާން ވީދުމުން ރާއްޖޭން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދަ ހޭގްގައި ހުރި އެތައް އެތައް އެމްބަސީއެއްގެ ކުރިމަތީގައި މިމަހުގެ 23 ވަނަ ދުވަހު (މިދިޔަ ހޮނިހިރުދުވަހު) ޤުރުއާނުގެ ކޮޕީތައް ވީދި ވީދުން ރާއްޖޭން ވަރުގަދައަށް ކުށްވެރިކުރާ ކަމަށެވެ. އާއްމު ތަންތަނުގައި ތަކުރާރުކޮށް ޤުރުއާނަށް އިހާނެތިކޮށް ކަންތައްކުރި ކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށް ބުނެ އޮޅުވާލައިގެން ކުރި ކަމެއް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"ދީނީ ގޮތުން ރުޅިވެރިކަން އުފެއްދުމަށް ގޮވައިލުމާއި ބޭއިންސާފާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުން ހުއްޓުވަން ދައުލަތްތަކުން ގައުމީ ފެންވަރުގައި ގާނޫނުތައް ހަދައި ސިޔާސަތުތައް ކަނޑައަޅައި ގާނޫނު ތަންފީޒުކުރާނެ އުސޫލުތައް އެކުލަވައިލަން ޖެހެ އެވެ،" ރާއްޖޭގެ ބަޔާނުގައި ބުންޏެވެ.

މުސްލިމުންނާ ،މެދު ނަފުރަތު އުފައްދައި ހަމަނުޖެހުން ހިންގުމުގެ އަމަލުތައް އިތުރުވަމުން ދިއުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ނެދަލޭންޑްގައި ޤުރުއާނަށް އިހާނެތިކޮށް ހިތުމުގެ އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދަނީ މުސްލިމުންނާ ދެކޮޅު ޕީއީޖީއައިޑީއޭ ނަމަކަށް ކިޔާ ގްރޫޕެއްގެ ލީޑަރެކެވެ. އޭނާ މިދިޔަ ހޮނިހިރު ދުވަހު އެ އަމަލުތައް ހިންގީ ތުރުކީއާއި ޕާކިސްތާނު އަދި ޑެންމާކް އެމްބަސީގެ ކުރިމަތީގަ އެވެ.