Advertisement

މިދިޔަ އޮގަސްޓު މަހު ފެމިލީ ކޯޓުން 239 މައްސަލައެއް ނިންމި

25 ސެޕްޓެންބަރު 2023 - 12:36 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފެމިލީ ކޯޓު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މިދިޔަ އޮގަސްޓު މަހު ފެމިލީ ކޯޓުން 239 މައްސަލައެއް ނިންމި

25 ސެޕްޓެންބަރު 2023 - 12:36 0

މިދިޔަ އޮގަސްޓު މަހު ފެމިލީ ކޯޓުން 239 މައްސަލައެއް ނިންމާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފެމިލީ ކޯޓުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުން އޮގަސްޓު މަހު އެ ކޯޓުން ވަނީ ވަރީގެ 188 މައްސަލައަކާއި ހަރަދުގެ 12 މައްސަލައެއް އަދި އާއިލީ އެހެނިހެން 27 މައްސަލައެއް ނިންމާފަ އެވެ. އަދި ކުޑަކުދިންނާއި ގުޅޭ ހަ މައްސަލައިގެ އިތުރުން ގެވެށި އަނިޔާއާ ގުޅޭ ހަ މައްސަލައެއް ވެސް ފެމިލީ ކޯޓުން ވަނީ އޮގަސްޓް މަހު ނިންމާފަ އެވެ.

މިދިޔަ މަހު ފެމިލީ ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަތަކުގެ 70 ޕަސަންޓު މައްސަލަތަކަކީ އަންހެނުން ހުށަހެޅި މައްސަލަތަކެވެ. އެގޮތުން، ޖުލައި މަހު ނުނިމި ހުރި ގެވެށި އަނިޔާގެ ހަތް މައްސަލައާއި، އޮގަސްޓް މަސް ނިމުނުއިރު، ހަތް މައްސަލައެއް ނުނިމި ހުއްޓެވެ. އަދި ގެވެށި އަނިޔާގެ ދެ މައްސަލައެއް ބާތިލް ކޮށްފައިވާއިރު، ހަތަރު މައްސަލައަކާއި ގުޅިގެން ފެމިލީ ކޯޓުން ވަނީ ރައްކާތެރިކަމުގެ އަވަސް އަމުރު ނެރެފަ އެވެ.

މިދިޔަ މަހު ފެމިލީ ކޯޓުން ވަނީ 171 ކައިވެނި އަދި ޖުމުލަ 132 ވަރި ކޮށްދީފަ އެވެ.

  • ޖެނުއަރީ: ކައިވެނި - 195 ވަރި - 127
  • ފެބްރުއަރީ: ކައިވެނި -178 ވަރި - 98
  • މާޗް: ކައިވެނި - 245 ވަރި - 115
  • އޭޕްރީލް: ކައިވެނި - 114 ވަރި - 76
  • މެއި: ކައިވެނި - 185 ވަރި - 132
  • ޖޫން: ކައިވެނި - 254 ވަރި - 79
  • ޖުލައި: ކައިވެނި - 281 ވަރި - 55
  • އޮގަސްޓް: ކައިވެނި - 171 ވަރި - 132

މިއަހަރުގެ މިހާތަނަށް ވަރީގެ މައްސަލަތައް އެންމެ މަދު އަދި ކައިވެނި އެންމެ ގިނައީ ޖުލައި މަހުގަ އެވެ.