Advertisement

މާސޭ އަތުން ޕީއެސްޖީ އަށް ފަސޭހަ މޮޅެއް، އެކަމަކު އެމްޕާބޭ އަށް އަނިޔާވެއްޖެ

25 ސެޕްޓެންބަރު 2023 - 12:11 0


މާސޭ އަތުން ޕީއެސްޖީ އަށް ފަސޭހަ މޮޅެއް، އެކަމަކު އެމްޕާބޭ އަށް އަނިޔާވެއްޖެ

25 ސެޕްޓެންބަރު 2023 - 12:11 0

ޕެރިސް (25 ސެޕްޓެމްބަރު) - ފްރާންސް ލީގުގައި ރޭ މާސޭ އަތުން 4-0 އިން ޕީއެސްޖީ މޮޅުވިޔަސް، އެ ޓީމުގެ މުހިންމު ފޯވަޑް ކީލިއަން އެމްބާޕޭ އަށް ވަނީ މި މެޗުގައި އަނިޔާވެފަ އެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 8 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީއެވެ. އަދި ފުރަތަމަ ހާފުގައި ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖަހައިދިނީ ފްރާންސްގެ ފޯވަޑް ރަންޑަލް ކޯލޯ މުއާނީ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޕީއެސްޖީ އަށް އިތުރު ދެ ލަނޑު ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޯވަޑް ގޮންސާލޯ ރާމޮސް އެވެ.

މި މެޗުގެ ދެ ވަނަ ހާފުގައި ޕީއެސްޖީގެ މުހިންމު ފޯވަޑް އެމްބާޕޭ ވަނީ އަނިޔާގެ މައްސަލައަކާ ގުޅިގެން ބާލައިފަ އެވެ. އެމްބާޕޭގެ ކުޑަ ހުޅަށް އަނިޔާވީ ފުރަތަމަ ހާފުގަ އެވެ.

މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ އެމްބާޕޭ އަށް ލިބުނީ ސީރިއަސް އަނިޔާއެއް ނޫން ކަމަށެވެ.

"ސީރިއަސް އަނިޔާއެއް ނޫން އެކަމަކު އެމްބާޕޭ އަށް ވަރަށް ތަދުވާނެ. ބުައްދިވެރި ގޮތަކީ ކުރިން ވެސް ފޭބުން. އެކަމަކު މަޑުކޮށްގެން ގެއްލުމެއް ނުލިބޭ،" އެންރީކޭ ބުންޏެވެ.

މި މޮޅާއެކު ޕީއެސްޖީ ވަނީ ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ތާވަލްގެ އެއް ވަނައިގައި އޮތީ ބްރެސްޓެވެ. ދެ ވަނައިގައި އޮތީ ނީސް އެވެ.