24 ސެޕްޓެންބަރު 2023 - 16:27 0
އަހުމަދު އާއިދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު : ގޮވާލެއްވީ ރިޔާސީ ކެމްޕޭނުގައި އެހެން ގައުމުތަކުގެ ވާހަކަތައް ނުހިމަނެމަށް - ފޮޓޯ؛ އަބްދުﷲ އިޔާން / އަދަދު
24 ސެޕްޓެންބަރު 2023 - 16:27 0
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީ އަދި ޕީއެންސީއިން ކުރަމުންދާ ކެމްޕޭނުގައި ބޭރު ގައުމަތަކުގެ ވާހަކަ ނުހިމެނުމަށާއި އެހެން ގައުމުތަށް އިންތިހާބުގައި ބައިވެރިނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ނަޝީދު މިފަދައިން ގޮވާލައްވާފައިވަނީ އަންނަ މަހުގެ 29 ގައި ބާއްވާ ވެރިކަމުގެ ނިޒާމާ ގުޅޭ އާންމު ވޯޓާ ބެހޭގޮތުން މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
"އަޅުގަނޑުމެންގެ އިންތިހާބެއްމީ، މި ރާއްޖޭގެ ރައްޔިތުން މިއަށް ވޯޓުދޭން އޮތީ، މި ރާއްޖޭގެ ރައީސަކު އިންތިހާބަކު ކުރުމުން މި އަންނަނީ، އެހެންވީމަ އެކަން (އެހެން ގައުމުތަކުގެ ވާހަކަ ދެއްކުން) އެގޮތަށް ނުކުރަމަކީ ވަރަށް ބޮޑު ރަނގަޅަކަށް ވާނެކަން އަޅުގަނޑު ދެކެން"
ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އިދިކޮޅުން މި ސަރުކާރާއި، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އެންމެ ބޮޑަށް ދައްކާ ވާހަކަތަކަކީ އިންޑިއާއާއެކު ބާއްވާ ގުޅުމެގެ ވާހަކަ އެވެ. އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށާއި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އިންޑިއާއިން ނުރައްކާ ކުރަމުންދާ ކަމަށް އިދިކޮޅުން އެތަކެއް ތުހުމަތެއް ކުރެ އެވެ.
ފުރަތަމަ ބުރުގައި ލިބުނު ނާކާމިޔާބީގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ވާހަކަތަކުގެ ހަގީގަތް ހާމަނުކުރެވުން ކަމަށް ރައީސް ސޯލިހުވެސް ވިދާޅުވި އެވެ. އެއަށްފަހު އެމަނިކުފާނާއި ސަރުކާރުގެ އިސްވެރިން އަންނަނީ އިންޑިއާ އާއެކު ހެދިފައިވާ އެއްބަސްވުންތަކުގެ ހަގީގަތް ހާމަކުރައްވާ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުންނެވެ.
އެގޮތުން އުތުރު ތިލަފަޅު ތަރައްގީ ކުރުމާއި އިންޑިއާގެ އެހީގައި ރާއްޖޭ ގެނެސްފައިވާ ދެ ހެލިކޮޕްޓަރާއި ޑޮނިއާ ފްލައިޓުގެ ތަފުސީލުތައްވެސް އެމްޑީޕީގެ ކެމްޕޭނުން ދަނީ ތަކުރާރުކޮށް ހާމަކުރަމުންނެވެ. ނަމަވެސް، އިދިކޮޅުން އަންނަނީ އެ ވާހަކަތަކަށް ބެލުމެއް ނެތި ކުރަމުންދާ ތުހުމަތުތައް ތަކުރާރުކުރަމުންނެވެ.
Comment