Advertisement

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ހަސަން ލަތީފް ވެސް ވާދަ ކުރައްވަނީ

23 ސެޕްޓެންބަރު 2023 - 21:40 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ހަސަން ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި: އޭނާއާއެކު އަމްރު ވެސް ޕާޓީގެ ރައީސްގެ މަގާމަށް ވާދަ ކުރައްވާ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ހަސަން ލަތީފް ވެސް ވާދަ ކުރައްވަނީ

23 ސެޕްޓެންބަރު 2023 - 21:40 0

ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް އެ ޕާޓީގެ ފައުންޑަރު އަދި އިންޓަރިމް ޗެއާޕާސަން ހަސަން ލަތީފް ވެސް ވާދަ ކުރައްވަން ނިންމަވައިފި އެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އާންމު އިންތިހާބު އަންނަ ޑިސެމްބަރު 2، ގައި ބާއްވަން މިއަދު ނިންމިއިރު، ޕާޓީގެ ރައީސްގެ މަގާމަށް ޝައުގުވެރިވާ ބޭފުޅުން ދަނީ އެކަން އިއުލާނު ކުރައްވަމުންނެވެ.

"ދަ ޑިމޮކްރެޓްސް ގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމައިފިން. ހުރިހާ ޑިމޮކްރެޓުންގެ ތާއީދާއި އެހީތެރިކަން ދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން މިރޭ ސޯޝަލް މީޑިއާގައި ވިދާޅުވި އެވެ.

ޕާޓީގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަމަށް އެ ޕާޓީގެ މެމްބަރު ހުސެއިން އަމްރު ވެސް ވަނީ ވިދާޅުވެފަ އެވެ. އޭނާއަކީ އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އިލްޔާސް ލަބީބުގެ ރަނިން މޭޓެވެ.

އޭގެ އިތުރުން، އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ވާދަ ކުރެއްވުމަށް، ޕާޓީގެ އިންޓަރިމް ކައުންސިލުގެ މެމްބަރު އައިޝަތު އަލައިކާ އަދުނާން ވެސް ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްއަށް ލިބުނީ 15،839 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ އާބާދީގެ ހަތް ޕަސެންޓެވެ.

ޑިމޮކްރެޓްސް އުފެއްދީ ވެރިކަން ހިންގާ އެމްޑީޕީގެ ބައެއް އިސް މެމްބަރުން އެ ޕާޓީން ވަކިވެވަޑައިގަތުމަށްފަހެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 14 މެމްބަރަކާއި އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.