Advertisement

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ޑިސެމްބަރުގައި، ރައީސް ކަމަށް އަމްރު ކުރިިމަތިލައްވަނީ

23 ސެޕްޓެންބަރު 2023 - 17:56 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

މީގެ ކުރިން ބޭއްވި ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ޑިސެމްބަރުގައި، ރައީސް ކަމަށް އަމްރު ކުރިިމަތިލައްވަނީ

23 ސެޕްޓެންބަރު 2023 - 17:56 0

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ބާއްވަން އެ ޕާޓީގެ ވަގުތީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ޑިމޮކްރެޓްސްގެ އަށް ވަނަ ވަގުތީ ކައުންސިލު ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ހަވީރު ބޮޑުފެންވަޅުގޭގައި ހުންނަ އެ ޕާޓީގެ އޮފީހުގަ އެވެ. އެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބު އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށެވެ.

މިއަދު އެކަން ނިންމުމުން، އިންތިހާބަށް ހުޅުވާލުމުން އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަން މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ނެރުނު ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިން މޭޓު ހުސެއިން އަމްރު ވަނީ އިއުލާނުކުރައްވައިފަ އެވެ.

އިތުރު އެހެން ކެންޑިޑޭޓަކު އެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރާނެކަން އަދި އިއުލާނުކޮށްފައި ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ކެންޑިޑޭޓަކު ހޮވަން ވެސް ޕްރައިމަރީއެއް ބާއްވަން ހުޅުވާލި އެވެ. އެފަހަރު ހަމައެކަނި އިލްޔާސް ލަބީބު ކުރިމަތިލެއްވުމުން ޕާޓީ ތެރޭގައި ބޭއްވީ ފެންނަ ނުފެންނަ ވޯޓެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެސްޓީއޯގެ އެމްޑީކަން އަދާކުރެއްވި އަމްރު އެ މަގާމުން އިސްތިއުފާ ދެއްވައި ހުންނެވުމަށްފަހު އެމްޑީޕީން ވަކިވެވަޑައިގަތީ ދަ ޑިމޮކްރެޓްސް އުފައްދަން އެމްޑީޕީގައި ކުރިން ތިބި 12 މަޖިލިސް މެމްބަރަކު މަގާމުން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ފެށުމުންނެވެ.

ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއީ ރައީސް ސޯލިހުގެ ދެމެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު ނަޝީދުގެ ފެކްޝަނުން ވަކި ސިޔާސީ މަސައްކަތެއް ފެށުމުގެ ގޮތުންނެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސްއަށް ލިބިވަޑައިގަތީ ގާތްގަނޑަކަށް 15،800 ވޯޓެވެ. ދެވަނަ ބުރެއްގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް އެ ޕާޓީން ވަނީ ނިންމައިފަ އެވެ.