Advertisement

އަހަރު ނިމުމުގެ ކުރިން ޓުރިޒަމް މާކެޓްގެ އެންމެ ކުރިއަށް ޗައިނާ އަރާނެ: ޑރ. މައުސޫމް

23 ސެޕްޓެންބަރު 2023 - 12:38 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ޗައިނާ ޓޫރިސްޓުންނަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް މަރުހަބާ ދަންނަވަނީ: ތިން ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާ އިން -- އަދަދު ފައިލް ފޮޓޯ


އަހަރު ނިމުމުގެ ކުރިން ޓުރިޒަމް މާކެޓްގެ އެންމެ ކުރިއަށް ޗައިނާ އަރާނެ: ޑރ. މައުސޫމް

23 ސެޕްޓެންބަރު 2023 - 12:38 0

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ އެންމެ ކުރިއަށް ޗައިނާ އަރާނެ ކަމަށް ލާފާ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ޗައިނާ ޓޫރިސްޓުން ރާއްޖެ އަންނަން ފެށީ މި އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. ޑރ. މައުސޫމް ވިދާޅުވީ ރާއްޖެގެ އެންމެ މަގުބޫލު މާކެޓްގެ މަގާމު ހޯދުމަށްޓަކައި ޗައިނާ އިން ވަރަށް ހަލުވިކޮށް ހުރިއަރަމުން ކަމަށެވެ. ޗައިނާ އިން މަހަކު 17،000 އާ ގާތް ކުރާ އަދަދަކަށް ޓޫރިސްޓުން އަންނަ އިރު، އަހަރު ނިމެން ބާކީ ތިން މަސް ދުވަސް އެބަ އޮތެވެ.

"ޖުމްލަ ޓޫރިސްޓުންގެ ނިސްބަތަށް ބަލާއިރު، ރަޝިޔާ އާ 1.5 އަދި އިންޑިއާ އާ 0.8 ޕަސެންޓް ފަރަގެއް މި އުޅެނީ، ލަފާ ކުރެވެނީ މި އަހަރު ނިމުމުގެ ކުރިން ޗައިނާ އެންމެ މަގުބޫލު މާކެޓަށް ވާނެ ކަމަށް،" މައުސޫމް ވިދާޅުވި އެވެ.

މި އަހަރުގެ މިހައިތަނަށް ޗައިނާ އިން 133.962 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، 10.2 ޕަސެންޓް ހިއްސާ އާ އެކު، ޗައިނާ އޮތީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތިން ވަނާގަ އެވެ.

މި އަހަރުގެ މިހައިތަނަށް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ރަޝިޔާ އިން ނެވެ. އެ ގައުމުން 152،967 ޓޫރިސްޓުން އައިސްފައިވާއިރު، އެއީ ޖުމްލަ އައި ޓޫރިސްޓުންގެ 11.7 ޕަސެންޓެވެ. ދެ ވަނާގައި އޮތް އިންޑިއާ 11 ޕަސެންޓް ހިއްސާ ކުރާއިރު، އެ ގައުމުން 144،014 ޓޫރިސްޓުން މިހާތަނަކަށް ރާއްޖެ އައިސްފައިވެ އެވެ.

މި އަހަރުގެ ޖުމްލަ 1.8 މިިލިއަން ޓޫރިސްޓުން ރާއްޖެ އަށް އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، 1.3 މިލިއަން ޓޫރިސްޓުން މިހާތަކަށް ވަނީ އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 1.1 މިލިއަން ޓޫރިސްޓުންނެވެ.

ރާއްޖޭގައި ޓޫރިސްޓު ހިދުމަތް ދިނުމަށް، 1،269 ތަނެއް ރަޖިސްޓްރީ ކޮށްފައިވާއިރު 62،284 އެނދު ހިއްގަމުން ގެންދެ އެވެ.