Advertisement

ބީއެމްއެލްއިން ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި

21 ސެޕްޓެންބަރު 2023 - 12:34 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ބީއެމްއެލްގެ މުއައްޒަފުން ލޭ ހަދިޔާ ކުރަނީ -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްއިން ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި

21 ސެޕްޓެންބަރު 2023 - 12:34 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ބްލަޑް ސާވިސަސް އާ ގުޅިގެން ލޭ ހިދިޔާ ކުރަން ކޭމްޕެއް މިއަދު ބާއްވައިފިއެވެ.

މިއީ 2021 ވަނަ އަހަރުން ފެށިގެން ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ ބޭނުމުގައި ބީއެމްއެލްއިން ބާއްވަމުން އަންނަ ކޭމްޕެކެވެ. އެގޮތުން ކޮންމެ ތިން މަހަކުން އެއް ފަހަރު އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބީއެމްއެލްއިން އަންނަނީ މި ކޭމްޕު ބާއްވަމުންނެވެ.

ބީއެމްއެލްއިން ބުނީ މިއަދުގެ ކޭމްޕުގައި 46 މުވައްޒަފަކު ލޭ ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ ދެ ކުއާޓާ ގައި 60 އަށް ވުރެ ގިނަ މުވައްޒަފުންނާއި މުއައްޒަފުންގެ އާއިލާތަކުން ވަނީ ލޭ ހަދިޔާކުރިކަމަށް ބޭންކުން މައުލޫމާތުދެ އެވެ.

ބީއެމްއެލް އިން ބުނީ، އެ ކުންފުނީގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރިކުރުވައި މުޖުތަމައަށް ފައިދާ ކުރާނެ ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށެވެ.