Advertisement

މަހުގެ އެކްސްޕޯޓް ރެކޯޑް މިންވަރަކަށް ދަށަށް

21 ސެޕްޓެންބަރު 2023 - 09:30 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ބަޔަކު މަސް،ކިރަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މަހުގެ އެކްސްޕޯޓް ރެކޯޑް މިންވަރަކަށް ދަށަށް

21 ސެޕްޓެންބަރު 2023 - 09:30 0

މިދިޔަ އޮގަސްޓް މަހު ރާއްޖޭން މަސް އެކްސްޕޯޓް ކުރި މިންވަރު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފި އެވެ.

ރާއްޖޭގެ މައިގަނޑު އެކްސްޕޯޓަކީ މަހުގެ ބާވަތްތަކެވެ. ކަސްޓަމްސް އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އޮގަސްޓް މަހު ރާއްޖެއިން އެކްސްޕޯޓްކުރީ އެންމެ 93 މިލިއަން ރުފިޔާގެ މަހެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު މަސް އެސްޕޯޓްކުރި ވަރަށް ވުރެެ 26 ޕަސެންޓް ދަށް މިންވަރެކެވެ. އަދި މިއީ މިއަހަރު މަހުގެ އެކްސްޕޯޓު 100 މިލިއަނުން ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ އެކްސްޕޯޓު ތަފާސް ހިސާބު:

  • ފެބްރުއަރީ - 231 މިލިއަން ރުފިޔާ
  • މާޗު - 344 މިލިއަން ރުފިޔާ
  • އޭޕްރިލް - 193 މިލިއަން ރުފިޔާ
  • މެއި - 285 މިލިއަން ރުފިޔާ
  • ޖޫން - 261 މިލިއަން ރުފިޔާ
  • ޖުލައި - 138 މިލިއަން ރުފިޔާ

މިދިޔަ މަހު އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓް ކޮށްފައިވަނީ ކަނޑުމަހުގެ ބާވަތްތަކެވެ. އެގޮތުން ފިނި ކުރި މަހާއި ތައްޔާރުކުރި މަހުުގެ ބާވަތްތައް ހިމެނޭހެން ޖުމްލަ 70 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓްކުރީ ޖަރުމަނު، އިނގެރޭސިވިލާތް އަދި ތައިލެންޑަށެވެ.

ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ އަގު ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހަށްވުރެ ހަތް ޕަސެންޓު މަތިވެފަ އެވެ.

މިދިޔަ މަހު އިމްޕޯޓުކުރި މުދަލުގެ އަގު ޖުމްލަ ފަސް ބިލިއަން ރުފިޔާއަށް އަރާއިރު އޭގެތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 1.139 ބިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް ހިމެނޭއިރު، ކާބޯތަކެތީގެ ގޮތުގައި 802 މިިލިއަން ރުފިޔާގެ މުދާ އަދި އިލެކްޓްރިކް ސާމާނާއި މެޝިނަރީސް ގޮތުގައި 783 މިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މުދާ އިމްޕޯޓްކޮށްފައިވަނީ އޮމާން، އިންޑިއާ އަދި ޔޫއޭއީ އިންނެވެ.

އޮގަސްޓް މަހު އިމްޕޯޓް އެކްސްޕޯޓުން ކަސްޓަމަށް 324 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާ އިރު 17 ޕަަސެންޓް ދަށް އަދަދެކެވެ.

މިދިޔަ މަހު މުދާ ހިފައިގެން ރާއްޖެއަށް 98 ކާގޯ އުޅަނދެއް އައި އިރު 124 އުޅަނދު ރާއްޖެއިން މުދާ ހިފައިގެން ފުރި އެވެ.