Advertisement

އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ

20 ސެޕްޓެންބަރު 2023 - 15:51 2

މުހައްމަދު އުޝާމް

މ

Advertisement

އަލީ ވަހީދު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ

20 ސެޕްޓެންބަރު 2023 - 15:51 2

Advertisement

Advertisement

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ އެވެ.

އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ރާއްޖޭގެ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ" އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެއް ކަމަށެވެ.

Advertisement

"މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީއިން އަޅުގަނޑު ވަކިވެއްޖައިން. ދިވެހި ޤައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނާނަން،" އަލީ ވަހީދު ލިޔުއްވާފައިވެ އެވެ.

ޖޭޕީން އޭނާ ވަކިވެފައި މި ވަނީ، މުލިއާ ގެއަށް ރޭ ވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާފައިވަނިކޮށެވެ.

އަލީ ވަހީދަކީ ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމަށް ހަމަޖައްސާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމްގެ އިންތިހާބީ އެޖެންޓަކީ ވެސް އޭނާ އެވެ.

Advertisement

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓުއަރިޒަމް މިނިސްޓަރަކަށް އަލީ ވަހީދު ހުންނެވިއިރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.

އެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިނގަމުން ދަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތް ގޮތަށް، އެނބުރި ރާއްޖެ ވަޑައިގަތީ ދައުވާތައް އަނބުރާ ގެންދިޔަ ފަހުންނެވެ. އިނގިރޭސިވިލާތުގައި އޭނާ ހުންނަވަނިކޮށް ވިސާ އާނުކޮށް އެ ތަނުގައި އުޅުމުން އެ ގައުމުގެ ޖަލަށް ވެސް އޭނާ ލި އެވެ.

ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި އަލީ ވަހީދު، މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރަކަށް ހުންނަވަނިކޮށް ކުލަގަދަ ޖަލްސާއެއްގައި އޭރު ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރެއްވި އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވުމަށްފަހު، އޭނާ ޖޭޕީއާ ގުޅިވަޑައިގަތީ 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގަ އެވެ.

Advertisement

25.00%

75.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އެކޮއި

over 1 year ago

އަލީވަހީދަކީ އަބަދުވެސް ގާސިމައް ހަރާންކޯރު މީހެއް އަދި ޖޭޕީގެ އިސަފުގަ ތިބީވެސް ގާސިމައް ހަރާންކޯރު ވާބައެއް އެކަން މިފަހަރު ޚޮދު ގާސިމަށް އެގިލައްވާނެ

ކައިދާ

over 1 year ago

އަންނިގެ ވެރިކަމުގަވެސް ވަލުދޮރޯަށިން މުލީއާގެއަށް ސިއްރިޔާތުގަ ވަދެފަ ނުކުމެ ހުޅުމާލެއިން ދެމަފިރިންނަށް ދެ ބިން ގަނެފަ އެމްޑީޕީއަށް ސޮއިކުރީ