Advertisement

ކުޑަގިރި ވޯޓާ ސްލައިޑުން އެކްސިޑެންޓުވެ ކަނދުރާ ބިނދުނު ޒުވާނަކު މަރުވެއްޖެ

20 ސެޕްޓެންބަރު 2023 - 17:17 0

ކުޑަގިރީގެ ވޯޓާ ސްލައިޑް: އުމަރަށް އަނިޔާވީ އާއިލާއާއެކު މަޖާކޮށްލުމަށް ދިޔަ ދަތުރެއްގެ ތެރެއިން -- ފޮޓޯ: މިރާން ނާޝިމް / އަދަދު


ކުޑަގިރި ވޯޓާ ސްލައިޑުން އެކްސިޑެންޓުވެ ކަނދުރާ ބިނދުނު ޒުވާނަކު މަރުވެއްޖެ

20 ސެޕްޓެންބަރު 2023 - 17:17 0

ކުޑަގިރީގައި ހަދާފައި ހުރި ވޯޓާ ސްލައިޑުން އެކްސިޑެންޓުވި ޒުވާނާއަށް ފަރުވާދެނިކޮށް މިއަދު މަރުވެއްޖެ އެވެ.

މަރުވީ، ހ. ޕޯޓްސައިޑް، އުމަރު އަބްދުލްހަންނާނު، 34، އެވެ. އޭނާ އެކްސިޑެންޓުވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

މި ނޫހަށް މައުލޫމާތު ދެމުން ކުޑަގިރި މެނޭޖް ކުރާ އާބަންކޯއިން ބުނީ އުމަރު އެކްސިޑެންޓުވީ ވޯޓާ ސްލައިޑުން ބޯކޮޅު ވަތަށް ސްލައިޑްކޮށްލުމުން ވަރަށް ބާރަށް ގޮސް މޫދު އަޑީގައި ބޯ ޖެހިގެން ކަމަށެވެ.

"ހާދިސާ ހިނގުމާއެކީ އޭނާ ވަގުތުން މާލެ ގެންގޮސް ހޮސްޕިޓަލަށް ގެންދިޔަ،" އާބަންކޯގެ އޮފިޝަލަކު ބުންޏެވެ.

އެ އެކްސިޑެންޓުގެ ސަބަބުން އޭނާގެ ކަނދުރާ ބިނދި، ބޮޑެތި އަނިޔާތަކެއްވި ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

އޭނާ ކުޑަގިރިއަށް ދިޔައީ އާއިލާއާއެކު މަޖާކޮށްލުމަށް ކަމަށްވެ އެވެ. އަދި ހާދިސާ ހިނގީ އާއިލާ އެންމެނާ އެކީ ތިއްބާ ކަމަށް ވެސް ވެ އެވެ.

އުމަރުގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.