Advertisement

ޑިމޮކްރެޓްސް މަޖިލީހުގައި ދަފްތަރުކުރުމާއެކު، ކޮމިޓީތަކަށް ބަދަލު ގެނެސްފި

20 ސެޕްޓެންބަރު 2023 - 17:19 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑިމޮކްރެޓްސްގެ ބައެއް މެންބަރުން މަޖިލީހުގައި؛ މަޖިލިހުގެ ކޮމިޓީތަކަށް ގެންނަ ބަދަލުތައް ފާސްކޮށްފި - ފޮޓޯ: މަޖިލިސް


ޑިމޮކްރެޓްސް މަޖިލީހުގައި ދަފްތަރުކުރުމާއެކު، ކޮމިޓީތަކަށް ބަދަލު ގެނެސްފި

20 ސެޕްޓެންބަރު 2023 - 17:19 0

ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމާއެކު، މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެ ރިޕޯޓް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން މިއަދު ފާސްކޮށްފި އެވެ.

ވެރިކަންކުރާ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް ނަމުގައި އުފެއްދި ޕާޓީއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން 14 މެމްބަރަކު ގުޅިވަޑައިގެން މަޖިލީހުގެ އިދާރާއަށް ވަނީ އަންގައިފަ އެވެ.

މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލްވާ ނިސްބަތަށް ބަދަލު އައުމުން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލުވެފައި އޮންނަ ގޮތަށް ބަދަލު ގެނެސް، އަލުން ކޮމިޓީތައް އެކުލަވާލަން ޖެހެ އެވެ.

އެ ގޮތުގެ މަތިން، ކޮމިޓީތަކަށް ޑިމޮކްރެޓްސްގެ މެންބަރުންނަށް ޖާގަ ދެވޭނެ އުސޫލު ކަނޑައެޅުމަށް ފަހު، މަޖިލިހުގެ ތަޅުމުން އެ ރިޕޯޓް ފާސްކުރީ 16 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރަކު ނެތެވެ.

މަޖިލީހުގެ 16 މެންބަރުން ވޯޓުގައި ބައިވެރިވެގެން ރިޕޯޓް ފާސްކުރިއިރު މަޖިލީހުގައި ޖުމުލަ 87 މެންބަރުން ތިއްބަވަ އެވެ.

ކޮމިޓީތައް މިހާރު އެކުލެވޭ ގޮތް

  • އާންމު ކޮމިޓީ: އެމްޑީޕީ 5، ޑިމޮކްރެޓްސް 1، އަމިއްލަ 1
  • ޕެޓިޝަން ކޮމިޓީ: އެމްޑީޕީ 6، ޑިމޮކްރެޓްސް 2
  • ސުލޫކު ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 1، ޕީއެންސީ 1، އެމްޑީއޭ 1، ޖޭޕީ 1، އަމިއްލަ 1
  • ގަވާއިދު ކޮމިޓީ: އެމްޑީޕީ 6، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، އެމްޑީއޭ 1
  • މާލިއްޔަތު ކޮމިޓީ: އެމްޑީޕީ 9، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، ޕީއެންސީ 2، އެމްއެންޕީ 1، އެމްޑީއޭ 1
  • އިގުތިސޯދީ ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 1، ޕީޕީއެމް 1، ޕީއެންސީ 1، އެމްޑީއޭ 1، ޖޭޕީ 1، އަމިއްލަ 1
  • އިޖުތިމާއީ ކޮމިޓީ: އެމްޑީޕީ 6، ޑިމޮކްރެޓްސް 2، ޕީޕީއެމް 1
  • މިނިވަން މުއައްސަސާތަކުގެ ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، އެމްއެންޕީ 1
  • ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، ޕީއެންސީ 1، އެމްއެންޕީ 1
  • ތަރިކައިގެ ކޮމިޓީ: އެމްޑީޕީ 6، ޑިމޮކްރެޓްސް 2
  • ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 1، ޕީޕީއެމް 1، ޕީއެންސީ 1، އެމްއެންޕީ 1، އަމިއްލަ 1
  • ލާމަރުކަޒީ ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 1، ޕީޕީއެމް 1، އަމިއްލަ 1
  • ޖުޑިޝިއަރީ ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 1، ޕީޕީއެމް 1، ޖޭޕީ 1، އަމިއްލަ 1
  • އެންވަޔަރަމަންޓް ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 2، ޖޭޕީ 1
  • ހިއުމަން ރައިޓްސް ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 2، އެމްއެންޕީ 1
  • އެސްއޯއީ ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، ޕީއެންސީ 1، އެމްއެންޕީ 1
  • 241 ކޮމިޓީ: އެމްޑީޕީ 10، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، ޕީއެންސީ 1، އެމްއެންޕީ 1، ޖޭޕީ 1، އެމްޑީއޭ 1، އަމިއްލަ 1

ޑިމޮކްރެޓްސް ދަފްތަރު ކުރުމާއެކު، އެ ޕާޓީއަކީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެވެ. މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ މެޖޯރިޓީ ޕާޓީއަށް ފަހު ދެން މަޖިލީހުގައި އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މަޖިލީހުގެ ރައީސް ފިޔަވައި ޑިމޮކްރެޓްސްގެ 13 މެންބަރުން ތިއްބަވަ އެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ ވެރިކަންކުރާ އެމްޑީޕީ އެވެ. އެމްޑީޕީ 56 މެމްބަރުން ތިއްބަވަ އެވެ. މިހާރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރަމުންދާ އެމްޑީއޭގެ ދެ މެންބަރުން ތިއްބަވަ އެވެ.

ޕީޕީއެމްގެ ފަސް މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުން ހިމެނޭހެން އަށް މެންބަރުން ތިއްބެވި އެވެ. މިހާރުގެ ރިޔާސީ އިންތިހާބު ތެރެއިން ޕީޕީއެމް/ޕީއެންސީއާއެކު ގުޅިގެން މަސައްކަތް ކުރަމުންދާ އެމްއެންޕީގެ ތިން މެންބަރުން ތިއްބަވަ އެވެ.

މީގެ އިތުރުން ދެން ތިއްބަވަނީ ޖޭޕީގެ ދެ މެންބަރަކާއި އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ އަމިއްލަ ތިން މެންބަރުންނެވެ.