Advertisement

ގޫގުލްގެ އޭއައި ޗެޓްބޮޓް "ބާޑް" އަށް ބޮޑު އަޕްޑޭޓެއް

20 ސެޕްޓެންބަރު 2023 - 11:17 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ގޫގުލްގެ އޭއައި ޗެޓްބޮޓް "ބާޑް" އަށް ބޮޑު އަޕްޑޭޓެއް

20 ސެޕްޓެންބަރު 2023 - 11:17 0

ގޫގުލްގެ ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް ބާޑް އަށް ބޮޑެތި އަޕްޑޭޓްތަކެއް އިއުލާންކޮށްފި އެވެ.

ގޫގުލް އިން ވަނީ ބާޑް އެކްސްޓެންޝަންސް ތައާރަފްކޮށް، ގޫގުލްގެ އެކި ޕްރޮޑަކްޓްތަކުގެ ޑޭޓާ އިންޓަގްރޭޓް ކުރުމުގެ ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ގޫގުލް ޑްރައިވް ފައިލްތައް ހޯދުމާއި ޖީމެއިލް އިންބޮކްސްތައް ހުލާސާކުރުން ހިމެނެއެވެ. ކުރިއަށް އޮތް ޕްލޭންތަކުގައި ބޭރުގެ އެޕްލިކޭޝަންތައް ބާޑް އަށް އިންޓަގްރޭޓް ކުރުން ހިމެނޭކަން ވެސް ވަނީ ހާމަކޮށްފަ އެވެ.

އޭއައިގެ ޖަވާބުތަކުގައި ހުރި ސައްހަ ނޫން ކަންތައްތައް ހައްލުކުރުމަށްޓަކައި ބާޑް އިން މިހާރު ވަނީ، ގޫގުލް ސާޗް ނަތީޖާތަކާ ދޭ ޖަވާބުތައް އަޅާކިޔޭނެ ގޮތް ވެސް ފަހިކޮށްދީފައެވެ. މިކަމުގެ މަގުސަދަކީ ޖެނެރޭޓިވް އޭއައި އަށް އޮންނަ އިތުބާރު އިތުރަށް ވަރުގަދަކުރުން ކަމަށް ގޫގުލް އިން ބުނެ އެވެ.

މީގެ އިތުރުން ޔޫޓިއުބް، ގޫގުލް ޑްރައިވް، އަދި ގޫގުލް ފްލައިޓްސް ފަދަ ގޫގުލްގެ ސޫޓް އޮފް ޓޫލްސް އަށް ބާޑް އަށް މިހާރު އެކްސެސް ލިބޭނެ އެވެ. އެހެންކަމުން ކަލަންޑަރަށް ކަމެއް އިތުރުކުރުމާއި އާއި ޑޮކިއުމަންޓް ސަމާރައިޒް ކުރުމުގެ ގާބިލްކަން ލިބެ އެވެ. އަދި ބާޑް އަށް އެތައް ބަހަކުން މުއާމަލާތް ކުރެވޭއިރު، ފެކްޓް ޗެކް ކުރުމުގެ ގާބިލްކަން އިތުރަށް ވަނީ ރަނގަޅު ކުރެވިފައިވެ އެވެ.

މި އަޕްޑޭޓްތަކަކީ ބާޑް އާންމުނަށް ރިލީޒްކުރިތާ ހަ މަސް ދުވަހުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. ގޫގުލް އިން މަސައްކަތް ކުރަމުންދަނީ ބާޑް ފަދަ ޖެނެރޭޓިވް އެއައި ޓޫލްތަކަކީ މުނިފޫހިފިލުވުމަށް ވުރެ މާ ބޮޑު އެއްޗަކަށް ހެދުމަށް ކަމަށް އެކުންފުނިން ބުނެ އެވެ.

މައިކްރޮސޮފްޓާއި ގުޅުން އޮންނަ އޯޕަންއޭއައި އިން އުފެއްދި ޗެޓްޖީޕީޓީ، މަގުބޫލު ވެގެން ދިޔުމުން، ޓެކް ކުންފުނިތަކުގެ މެދުގައި ޖެނެރޭޓިވް އޭއައި ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ ރޭހެއް ވަނީ ފެށިފަ އެވެ.

ބާޑް އިތުރަށް ތަރައްގީވަމުންދާއިރު، އިތުރަށް ގާބިލުކުރުމަސް ޔޫޒަރުންގެ ހިޔާލު ހުށަހެޅުމަށް ގޫގުލް އިން ބާރު އަޅަ އެވެ. ޗެޓްޖީޕީޓީ އަށް ލިބިފައިވާ މަގުބޫލުކަން އަދި ނެތް ނަމަވެސް ބާޑް އިން ދަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ.