Advertisement

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފަސް މީހަކު ބޭރަށް ފޮނުވަނީ

19 ސެޕްޓެންބަރު 2023 - 15:19 2

ނިމާ ހަސަން

ނިމާ ހަސަން

ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސް މީހުން ފޮނުވަން ސަރުކާރުން ނިންމައި, ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ހެލްތު މިނިސްޓްރީ


ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފަސް މީހަކު ބޭރަށް ފޮނުވަނީ

19 ސެޕްޓެންބަރު 2023 - 15:19 2

ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ފަސް މީހަކު ބޭރަށް ފޮނުވުމަށް ސަރުކާރުން ނިންމައި, އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި, މި ލިޔުންތައް ފަސް މީހަކަށް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް އިތުރު ބަޔަކު ފޮނުވަން ސަރުކާރުން ނިންމިއިރު, މީގެ ކުރިން ވެސް ވަނީ ތެލަސީމިއާ ބަލިމީހުން, ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ޒަކާތު ފަނޑުގެ އެހީގައި ފޮނުވާފަ އެވެ.

ޒަކާތު ފަންޑުގެ އެހީގައި 2018 ވަނަ އަހަރު ޖެނުއަރީ މަހުގެ ނިޔަލަށް 55 ކުދިންނަށް ވަނީ, ބޯންމެރޯ ހެދުމުގެ ފުރުސަތު ދީފަ އެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓު ހަދަން ބަޔަކު ފޮނުވަން ނިންމާ, އެކަމުގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ, ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތަކީ ވަރަށް ހާއްސަ އިސްކަމެއް ދެއްވައި, ބައްލަވަމުން ގެންދަވާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން ފަރުވާގެ ކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެކި ގައުމުތަކުން މި ހިދުމަތް ދެމުންގެންދާގޮތް ހޯދައި ބަލައި, ދިރާސާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރެވުނު މަސައްކަތުގެ އަލީގައި މި ފަހަރު ބޯންމެރޯ ހަދަން ދާ ކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބު ކަމާއެކު ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު, މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކުއްޖާ ބަލަހައްޓަން ޖެހެ އެވެ. އެގޮތުން ހޮސްޕިޓަލުންދޭ އިރުޝާދުތަކަށް އެއްބާރުލުންދީ, ބޯންމެރޯ ޓްރާންސްޕްލާންޓްކޮށް, ރާއްޖެ އައުމަށްފަހު ވެސް ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން އިލްތިމާސް ކުރެ އެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުން ދެ އެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވަނީ, ތެލަސީމިއާ އާ ސެންޓަރެއް ގާއިމްުކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ހޯދައި, އެ ބިމުގައި އެމްބީއެސްގެ އާ އިމާރާތެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ.