Advertisement

ޖެންޑާގެ އެލްޑާލީ ޑިޕާޓުމަންޓުގެ ހެލްތުގެ ދަށަށް ބަދަލުކުރުމާއެކު ޑިރެކްޓަރަށް ތަފާތުކުރިކަމުގެ ބޮޑެތި ތުހުމަތު ތަކެއް

4 އޮކްޓޯބަރު 2024 - 12:11 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމް: ޖެންޑާގެ އެލްޑާލީ ޑިޕާޓުމަންޓުގެ ހެލްތުގެ ދަށަށް ބަދަލުކުރުމާއެކު ޑިރެކްޓަރަށް ތަފާތުކުރިކަމުގެ ބޮޑެތި ތުހުމަތު ތަކެއް ވަނީ ފެންމަތިވެފަ ---- ފޮޓޯ: ރައީސް އޮފީސް


ޖެންޑާގެ އެލްޑާލީ ޑިޕާޓުމަންޓުގެ ހެލްތުގެ ދަށަށް ބަދަލުކުރުމާއެކު ޑިރެކްޓަރަށް ތަފާތުކުރިކަމުގެ ބޮޑެތި ތުހުމަތު ތަކެއް

4 އޮކްޓޯބަރު 2024 - 12:11 2

ޖެންޑާ މިނިސްޓްރީގެ އެލްޑާލީ ޑިޕާޓްމަންޓު ހެލްތު މިނިސްޓްރީއަށް ބަދަލުކުރަން ނިންމުމާއެކު އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރަށް ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމު އަދި އެ މިނިސްޓްރީގެ އިސްވެރިން ތަފާތުކުރި ކަމަށް އޭނާ ތުހުމަތުކުރައްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކ. ގުރައިދޫގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒުވެސް ބަލަހައްޓާ އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޝޫޒަން އަދި އޭނާގެ ދަށުން މަސައްކަތް ކުރަމުން ދިޔަ ފަސް މުވައްޒަފަކު މިހާރު ވަނީ ހެލްތު މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.

އެ ނިންމުމާއެކު ޝޫޒަން އާއި ޑިޕާޓްމަންޓުން ވަނީ ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނާ އިއްޔެ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި، ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ޖެންޑާގައި މަސައްކަތް ކުރަމުންއައި ޝޫޒަން އެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުުރުވަމުންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުން ޝޫޒަން ވަނީ މިނިސްޓްރީން އެއްވެސް ސަބަބެއް ނެތި އޭނާ ކުރަމުން އައި މަސައްކަތަށް ހުރަސް އަޅައި ކޮމިޓީތަކުން ބޭރުކޮށް އެޗްއޯޑީ ކަމުން ވަކިކޮށް މިނިސްޓްރީގެ އިސްވެރިންގެ ބައްދަލުވުންތަކަށް ވަނުން މަނާކުރި ކަމަށް ބުނެފަ އެވެ.

"އެއްވެސް އުޒުރެއް ނެތި، އެއްވެސް ސަބަބެއް ނުދައްކާ، ވީގޮތެއް ނޭނގިގެން މިކަންތައް ސާފުކުރަން އަޅުގަނޑު އެޕޮއިންޓްމަންޓަކަށް ރިކުއެސްޓުކުރިން، އެޕޮއިންޓްމަންޓެއްވެސް ނުދިން،" އޭނާ ވިދާޅުވި އެވެ.

އަދި އޭނާގެ ހައްގުތަށް ނިގުޅައިގަނެފައިވާ ކަމަށާއި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް އޭނާއަށް ދީފައިވާ ކަމަށާއި އެކަމާމެދު ހިތާމަކުރާ ކަމަށްވެސް އޭނާ ވީޑިއޯ ގައި އޭނާ ވިދާޅުވެ އެވެ. މިއީ އޭނާ އެކަނި ތަހައްމަލުކުރަމުންދާ ކަމެއް ނޫން ކަމަށާއި މިނިސްޓްރީގެ އިތުރު މުވައްޒަފުންވެސް މިކަން ތަހައްމަލް ކުރަމުންދާ ކަމަށްވެސް އޭނާ ވަނީ ތުހުމަތުކުރައްވައިފަ އެވެ.

ޝޫޒަން ތުހުމަތުކުރެއްވި ގޮތުގައި އޭނާ ވަނީ ގަދަކަމުން ޖެންޑާ މިނިސްޓްރީން ބޭރުކޮށްލާފަ އެވެ. މިކަމުގައި އެ މިނިސްޓްރީން ރަސްމީ ބަހެއް ނުބުނި ނަމަވެސް އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ދަނީ މިނިސްޓަރު އައިޝަތު އަކީ "ހިތްހެޔޮ" ބޭފުޅެއް ކަމަށް ބުނެ މިއީ އެލްޑާލީ ޑިޕާޓްމަންޓު ހެލްތުގެ ދަށަށް ބަދަލުކުރި ފުރަތަމަ ފަހަރު ނޫން ކަމަށް ބުނަމުންނެވެ.