19 ސެޕްޓެންބަރު 2023 - 07:29 0
މުހައްމަދު ނަސީމް
ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކަރެކްޝަނަލް ސާވިސްގެ ވެހިކަލަކުން ފައިބާ ވަޑައިގަންނަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
19 ސެޕްޓެންބަރު 2023 - 07:29 0
މަނީލޯންޑަރިންގއާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ދެން ކުރެވޭނީ އެމަނިކުފާނާ ބައްދަލުވެ، މަޝްވަރާކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ހޯއްދަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހޯމް މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން ވަނީ އެ އިންތިޒާމު ހަމަޖައްސައިދީފަ އެވެ. އެހެންނަމަވެސް ނަޝީދާ ބައްދަލުކުރައްވަން ޔާމީނު އިއުތިރާޒްކުރައްވާތީ އެ ބައްދަލުވުން ބޭއްވޭ ގޮތެއް ނުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ސަރުކާރަށް ގޮވަައިލެއްވީ ޔާމީނު ގެއަށް ބަދަލުކުރުމަށެވެ. އެމަނިކުފާނު ޖަލަށް ލީ އިންސާފުން ނޫން ކަމަށް ޕީޕީއެމް/ޕީއެންސީން ކުރާ ތުހުމަތު ވެސް އޭނާ ތަކުރާރުކުރެއްވި އެވެ.
ޔާމީނާ ބައްދަލުކުރެއްވުމުގެ ހުއްދައަށް ނަޝީދު އެދިވަޑައިގެންފި
ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރެއްވުމުގެ ހުއްދަ އަށް ނަޝީދު އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުވެރިކޮށެވެ. އެމަނިކުފާނަށް އެ ހުއްދަ ދެއްވުން އެދި މަޖިލީހުން އިއްޔެ ވަނީ ހޯމް މިނިސްރީއަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެމޭރުމުުން ޝިޔާމް ވާހަކަދައްކަވައި ނިންމެވުމުން ރިޔާސަތުން ނަޝީދު ވިދާޅުވީ ޔާމީނާ ބައްދަލުކުރައްވަން އެދިވަޑައިގެންފައިވާ ކަމަށާއި އެކަން ހަމަޖެހޭނެ ކަމަށް އަދިވެސް އުއްމީދުކުރައްވާ ކަމަށެވެ.
"ދެން ބައްދަލުވީމާ އަޅުގަނޑު ދެކޭ ގޮތުގައި [ޔާމީނު] ގެއަށް އެނބުރި ވަޑައިގަތުމާ ގުޅޭ ގޮތުން ދެން އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތްތަކެއް ވެސް އިރާދަކުރެއްވިއްޔާ ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދާ ބައްދަލުކުރައްވަން ޔާމީނު ދެކޮޅުހައްދަވައިފި
ރާއްޖޭގެ ވެރިކަމުގެ ނިޒާމު އަލުން ކަނޑައަޅަން ކުރައްވާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ކުރީގެ ރައީސް ޔާމީނާއި ބައްދަލުކުރެއްވުމަށް އެދިވަޑައިގަތުމުން އެމަނިކުފާނު ވަނީ އެކަމާ ދެކޮޅު ހައްދަވާފައި ކަމަށް ކަރެކްޝަނުން ބުނެ އެވެ.

ޔާމީނާ ބައްދަލުކުރައްވަން ނަޝީދު އެދިވަޑައިގެންނެވީ ރާއްޖޭގައި ވެރިކަންކުރާނީ ބަރުލަމާނީ ނިޒާމު ކަމަށް ކަނޑައަަޅަން އެމަނިކުފާނު ކުރައްވާ މަސައްކަތުގައި ޔާމީނާ މަޝްވަރާކުރެއްވުމަށެވެ.
މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގައި ރައީސް ކަމަށް އިންތިހާބުވެވަޑައިގަންނަވަން ހޯއްދަވަން ޖެހޭ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިވަޑައެއް ނުގަންނަވަ އެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރުމަށް، ތިން ވަަނައަށް އެންމެ ގިނަ ވޯޓު ހޯދި ޕާޓީގެ ހައިސިއްޔަތުން، ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީއަށާއި ޕީޕީއެެމް އަށް ވެސް ހުށަހެޅި ޝަރުތަކީ ނިޒާމު ކަނޑައެެމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.
ނަޝީދު އެދިވަޑައިގަނަންވަނީ ޔާމީނާ އެކު އެ މަޝްވަރާ ކުރިއަށް ގެންދަވާށެވެ.
33.33%
0.00%
66.67%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment