Advertisement

ގއ. ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި

18 ސެޕްޓެންބަރު 2023 - 10:36 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ގއ. ހުރެންދޫ --


ގއ. ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި

18 ސެޕްޓެންބަރު 2023 - 10:36 0

ދަތުރުދާން ބޭނުންކުރުމަށް ގއ. ހުރެންދޫ، އެ އަތޮޅު ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި އެވެ.

"ދިވެހިރާއްޖޭގެ ފަޅުރަށްތަކާ ބެހޭ ގާނޫނު" ގެ ދަށުން ހިމެނޭ ގަވާއިދު "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތަކަށް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާއި ބެހޭ ގަވާއިދު" ގެ ދަށުން ކޮލަމާފުށި ކައުންސިލާއި ހުރެންދޫ ހަވާލުކުރީ ފަސް އަހަރުގެ މުއްދަތަކަށެވެ.

އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރަށް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެވެ. ކޮލަމާފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސް ޝަހާމަތު ހަނީފް އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެގޮތަށް ނިންމެވުމާ ގުޅިގެން ކަމަށެވެ.

ކޮލަމާފުށިން ފުރައިގެން 3-5 މިނެޓު ތެރޭގައި ހުރެންދޫއަށް ދެވޭނެ އެވެ. ތިން ހެކްޓަރުގެ މި ރަށް މީގެ ކުރިން އޮތީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ.