Advertisement

ރަސެލް ބްރޭންޑަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތައް ބަލަން ފަށައިފި

19 ސެޕްޓެންބަރު 2023 - 06:11 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮމީޑިއަން ރަސެލް ބްރޭންޑް.


ރަސެލް ބްރޭންޑަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތައް ބަލަން ފަށައިފި

19 ސެޕްޓެންބަރު 2023 - 06:11 0

އިނގިރޭސި އެކްޓަރު އަދި ކޮމީޑިއަން ރަސެލް ބްރޭންޑަށް ކުރާ ރޭޕް އާއި ޖިންސީ ގޯނާ އަދި ނަފުސާނީ އަނިޔާގެ ތުހުމަތުތައް ތަހުގީގު ކުރަން ބީބީސީ އާއި ޗެނަލް 4 އިން ނިންމައިފި އެވެ.

އުމުރުން 48 އަހަރުގެ އެކްޓަރަށް ތުހުމަތު ކުރަނީ ހަތް އަހަރުގެ މުއްދަތެއްގެ ތެރޭގައި ހަތަރު އަންހެނުންނަށް ގޯނާ ކުރި ކަމަށެވެ. އޭނާ ހުރިހާ ތުހުމަތެއް ދޮގުކުރެ އެވެ.

އޭނާ އެ އަމަލުތައް ހިންގީ 2006 އިން 2013 އަށް ބީބީސީގެ ރޭޑިއޯ 2 އަދި ޗެނަލް 4 ގެ ޕްރެޒެންޓަރެއްގެ ގޮތުގައި އުޅެމުން ދުނިޔޭގެ މަގްބޫލުކަން ލިބި ހޮލީވުޑްގެ ފިލްމުތައް ކުޅެން ފެށި އިރުގައި ކަމަށް މީޑިއާތަކެއް ގުޅިގެން ނެރުނު ރިޕޯޓެއްގައި ބުންޏެވެ.

އާދީއްތަ ދުވަހު އާއްމުކުރި ރިޕޯޓާ ގުޅިގެން ބީބީސީ އާދި ޗެނަލް 4 އަދި ބަނީޖޭ ޔޫކޭ ޕްރޮޑަކްޝަން ކުންފުނިން ބުނީ އެ ތުހުމަތުތައް ރަނގަޅަށް ބަލާނެ ކަމަށެވެ.

ރަސެލް ބްރޭންޑަށް ތުހުމަތުތައްކޮށް ރިޕޯޓު ނެރުނީ ދަ ސަންޑޭ ޓައިމްސް، ދަ ޓައިމްސް އަދި ޗެނަލް 4 ޑިސްޕެޗަޒް ގުޅިގެންނެވެ.

ހުކުރު ދުވަހު ނެރުނު ވީޑިއޯއެއްގައި ރަސެލް ބްރޭންޑް ބުނީ "މި ސީރިއަސް ޖިނާއީ ތުހުމަތުތައް" ދޮގުކުރާ ކަމަށެވެ.

އެއް އަންހެނަކު ބުނީ ލޮސް އެންޖެލެސްގައި ހުންނަ ރަސެލް ބްރޭންޑްގެ ގޭގައި އޭނާ ރޭޕްކުރި ކަމަށެވެ. އިތުރު މީހަކު ބުނީ ރަސެލް ބްރޭންޑް އޭނާއަށް ޖިންސީ ގޯނާކުރީ އުމުރުން 16 އަހަރުގައި ކަމަށެވެ.

ޕޮޕް ތަރި ކޭތީ ޕެރީގެ ކުރީގެ ފިރިމީހާ، ރަސެލް ބްރޭންޑް ސްޓޭންޑްއަޕް ކޮމީޑިއަނެއްގެ ގޮތުގައި ކެރިއާ ފެށީ 2000 ގެ ކުރީކޮޅުގަ އެވެ.

ލަންޑަންގެ ފުލުހުން ބުނީ ތުހުމަތުތަކުގެ މައުލޫމާތު މީޑިއާއިން ފެނުނު ނަަމަވެސް، ރަސްމީކޮށް އެއްވެސް ފަރާތަކުން ރަސެލް ބްރޭންޑާ ދެކޮޅަށް އެއްވެސް މައްސަލައެއް ރިޕޯޓުކޮށްފައި ނެތް ކަމަށެވެ.